Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

އޭދަފުށީ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ބ. އޭދަފުށީގައި އިސްލާމީ ތަޢުލީމާއި ދީނީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ބ. އޭދަފުށީގައި އިސްލާމީ ތަޢުލީމު އުނގަންނައިދީ، ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.

މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ އޭދަފުށީގެ ރައްޔިތުންނަށް ދީނީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ފުރިހަމަ މަރުކަޒަކަށް އެތަން ހެދުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ވަސީލަތްތަކާ އެކު އިސްލާމީ ބިނާތައް ޤާއިމުކުރުމަށް އަންނަނީ އިސްކަން ދެމުންނެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ 12 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރަމުންދާއިރު، 16 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުތަކާއި 45 އަށްވުރެ ގިނަ މިސްކިތްތަކުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ހިނގަމުންނެވެ.

ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުއްޓަކީ 2,500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. މި މަރުކަޒު ވެގެންދާނީ އެ ރަށުގައި ޖަމާޢަތުގައި ނަމާދުކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ތަރުބިއްޔަތު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް