ކޮވިޑް-19ގެ ހާލަތު އަދިވެސް ގޯސް، ނަންބަރުތައް 500އަށް ވުރެ މަތި!

ރާއްޖެއިން މިއަދު އިތުރު 536 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 267 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 158 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 83 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 99،635 މީހުންނެވެ.
މިހާތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 94،702 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 21 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 264 މީހުން ނިޔާވެފައި ވެއެވެ.
މާލެއިން 5 ދުވަހުން 911 މީހުން ޕޮސިޓިވް