Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑޮލަރުގެ ވަގު ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ޑޮލަރުގެ ވަގު ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރުގެ ވަގުވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ ބިދޭސީ މީހާ ހައްޔަރު ކޮށްފައި ވަނީ ފައިސާ ޖަމާކުރަން އުޅެނިކޮށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝަށް ނިސްބަތްވާ ރައްޔިތެއްކަމަށްވާ އެމްޑީ މަނިކް މިއާއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ތުހުމަތެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު މިހާރު ވަނީ ބަންދަށް 10ދުވަސް ޖަހައިފައެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކޮށް، ސައްހަ ނޫން ލިޔެކިޔުން ބޭނުން ކޮށްގެން ރާއްޖެއިން ފައިސާ ބޭރުކުރާ މައްސަލައިގައި ދާދި ފަހުން 4 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް