އިންސްޓަގްރާމްގައި ފޮލޯވާސް އެންމެ ގިނަ އަންހެނަކަށް ކައިލީ
އިންސްޓަގްރާމްގައި 300 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ އަންހެނަކަށް ކައިލީ ޖެނަރ ވެއްޖެއެވެ.
ކައިލީ ކޮސްމެޓިކްސްގެ ފައުންޑަރު މި ރެކޯޑް މުގުރައިލައިފައިވާ އިރު ކުރިން މި ރެކޯޑް އޮތީ ޕޮޕް ސްޓާ އާރިއާނާ ގްރާންޑޭ އަތުގައެވެ. 300 މިލިއަން ފޮލޯވަރުން ހަމަކުރި އެންމެ ފުރަތަމަ އަންހެނަަކަށް ކައިލީ ވެގެން ދިޔަ އިރު މުޅި ދުނިޔެއިން އިންސްޓަގްރާމްގައި އެންމެ ބޮޑު ފޮލޯވާއެއް އޮންނަ މީހާގެ ޓައިޓަލް އަދިވެސް އޮތީ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. ސޯޝަލް މީޑިއާ އެޕްތަކުގައި އޭނާގެ 389 މިލިއަނެއްހައި ފޮލޯވަރުން އެބަތިއްބެވެ. އިންސްޓަގްރާމްގެ އޮފިޝަލް އެކައުންޓުން 460 މިލިއަން ފޮލޯވަރުންނާ އެކު އެންމެ މަތީ ވަނަ އޭނާ ވަނީ ހޯދައިފައެވެ.
ކައިލީ ވަނީ ސޯޝަލް މީޑިއާއިން ވަރަށް ފަހުން ބްރޭކެއް ނަގައިފައެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު ހިއުސްޓަންގައި އޮތް އެސްޓްރޮވޯލްޑް މިއުޒިކް ފެސްޓިވަލްގައި އޭނާގެ ބައިވެރިޔާ ޓްރެވިސް ސްކޮޓްގެ ޕާފޯމެންސްގައި ހިނގި ހާދިސާއެއްގައި ދިހަ މީހުން މަރުވުމާ ގުޅިގެންނެވެ. އެ ހާދިސާއަށް ފަހު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އިންސްޓަގްރާމްގައި ހަމައެކަނި ކައިލީ ޕޯސްޓުކޮށްފައި ވަނީ އޭނާގެ މަންމަގެ ފޮޓޯއެކެވެ.
ކައިލީ ޖެނަރ މަޝްހޫރުކަން ހޯދައިފައި ވަނީ ރިއަލިޓީ ޓީވީ ޝޯ "ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ތެރެއިންނެވެ. އޭނާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ އަންހެން ކޮއްކޮ ކިމް، ކޯޓްނީ އަދި ކްލޯއީ ކާޑޭޝިއަން ގެ އިތުރުން ކެންޑަލް ޖެނަރއެވެ.
ފޮލޯވާސް ގިނަވެގެން ވާނެ ކަމެއް ނެތް .. އަމަލުތައް ގެންދެވޭނީ ފޮލޯވަސް އެއްނޫން