Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިގްތިސާދީ އުސްމިންތަކަށް ދަތުރުކުރުމަށް އެންމެ މުހިންމީ އަމާންކަމާއި ރައްކާތެރިކަން: އިމްރާން

އިގްތިސާދީ އުސްމިންތަކަށް ދަތުރުކުރުމަށް އެންމެ މުހިންމީ އަމާންކަމާއި ރައްކާތެރިކަން: އިމްރާން

އިގްތިސާދު ތަރައްގީކުރުމަށް ޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ރޯލެއް އަދާކުރަނީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަމުގައި ހޯމްމިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަށް ދަތުރު ކުރުމަށް ޓަކައި އެންމެ މުހިންމު އެއްކަމަކީ ސަލާމަތާއި ރައްކާތެރިކަންކަމަށް ސަރުކާރަށް އެނގޭ ކަމަށެވެ.

އެގޮތުން 2023ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުސް ސްޓޭޝަންތައް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެމަސަތްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އިމްރާން އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތް ގާއިމްވުމުން އަދި މަސައްކަތް ނިމުނީ ނޫން ކަމަށާއި އެ މަސަތްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނީ ފުލުހުންނާއި ރަށްރަށުގެ އިސް މުއައްސަސާތަކާ ގުޅިލާމެހިގެން ކުރާ މަސަތްކަތުން ކަމަށެވެ.

އަދި ފުލުހުންގެ ފަލްސަފާ މިހާރު ބައްޓަންވެފައި ވަނީ ކުށްކުރުމުން ހައްޔަރުކޮށް ޖަލަށްލާ އުސޫލުން ނޫން ކަމަށާއި، ކުށަކަށް އަރައިގަތުމުގެ ކުރިން އެކަންތައް ދެނެގަނެ އެ ކުށްތަކުން މުޖުތަމައު ރައްކާތެރި ކުރުމަށް މަސަތްކަތްކުރާ ފަލްސަފާއެއްގެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މަޑަވެލި ފުލުސްސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ފުލުހުންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް