Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކިޔެވުން ފެށޭއިރު ދަރިވަރުން ސްކޫލަށް ހާޒިވާން ޖެހޭނީ ހަފްތާއަކު ދެ ދުވަހު!

ކިޔެވުން ފެށޭއިރު ދަރިވަރުން ސްކޫލަށް ހާޒިވާން ޖެހޭނީ ހަފްތާއަކު ދެ ދުވަހު!
އަންނަ އާދިއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު، ކޮވިޑް-19އިން ރައްކާތެރިވުމަށް މާލޭގެ ސްކޫލުތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިއަދު އެޑިއުކޭޝަނުން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ ސްކޫލުތައް ހުޅުވޭއިރު، ފުރަތަމަ ހަފްތާގައި އަންނަނިވި ފިޔަވަޅުތައް އަޅަން އަންގާ ކަމަށެވެ.
  • ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައިދުރުކަން ދެމެހެއްޓުން.
  • ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން.
  • ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުން.
  • ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން.
  • ގްރޭޑް 1އިން 8ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ހަފްތާއަކު 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުން
  • މާސްކު ނަގައިގެން ހިންގަން ޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުން.
  • ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން.
އެޑިއުކޭޝަނުން ވިދާޅުވީ، ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ސްކޫލްތަކުން ބެލެނިވެރިންނާ ހިއްސާ ކުރައްވާނެ ކަމަށެވެ. ކޮވިޑް-19 ހާލަތު ރާއްޖޭގައި އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް 800އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް