ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފަށާއިރު، ދަނބިދޫ-ކަލައިދޫ ކޯޒްވޭ އެޅުން ލަސްވާތީ މުޒަހާރާއަށް

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފަށާއިރު، ދަނބިދޫ-ކަލައިދޫ ކޯސްވޭ އެޅުން ލަސްވާތީ އެ ރަށުގެ ރައްޔިޔުން މުޒަހާރާކުރަން ފަށައިފިއެވެެ.
ކަލައިދޫގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާ އެ މުޒާހަރާ ފަށައިފައި ވަނީ މިއަދު ހަވީރު ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅަން ނިންމައިފައިވާ ސަރަހައްދުގައެވެ.
ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅައިދިނުމުގެ ވަޢުދަކީ ވޭތުވެދިޔަ 4 ދައުރު ގާތްގަނޑަކަށް 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ވަޢުދެކެވެ. އެ ކޯޒްވޭ އެޅުމަކީ މި ހިނގަމުންދާ ދައުރުގައި ވެސް އިސްދޫ ދާއިރާއަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވެފައިވާ އެންމެ މުހިންމު ވަޢުދު ކަމަށް ކަލައިދޫގެ ރައްޔިތުން ބުނެއެވެ.

ކަލައިދޫ ރައްޔިތުން ބުނާ ގޮތުގައި މިކަމަކީ އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން މުޅި އިސްދޫ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް މިކަންތައް ކޮށްދެއްވުމުގައި ސަރުކާރުތަކުން ވަނީ ނުކުޅެދިފައި ކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ އިހުތިޖާޖުގެ ބައިވެރިން ބުނާގޮތުން މި ހަރަކާތްތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ކަލައިދޫގެ އިތުރުން ލ.ދަނބިދޫގައި ވެސް މި ހަރަކާތް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.