Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

ރާއްޖޭގެ ސްކޫލްތައް ހުޅުވައި، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދެވަނަ ޓާމްގެ ކިޔެވުން މިއަދު އަލުން ފަށައިފައި ވަނީ ޗުއްޓީއަށް 21 ދުވަސް ދިނުމަށް ފަހުއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާ ވެސް އިތުރުވަމުން ދާތީ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިފައެވެ.

އެގޮތުން ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައިދުރުކަން ދެމެހެއްޓުމާއި ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން ހިމެނެއެވެ. އަދި ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ގްރޭޑް 1އިން 8ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ހަފްތާއަކު 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމާއި މާސްކު ނަގައިގެން ހިންގަން ޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމުގެ އިތުރުން ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ދެއްވާ އިރުޝާދުތަކަށް އަމަލުކުރުން ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މާލެއިން ފައްސިވި 514 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 326 މީހުންނާއެކު ޖުމްލަ 954 މީހުން ވަނީ އަލަށް ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް