Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސްޓެލްކޯގެ ސްޓެވޯ ބްރޭންޑުގެ ޖެނެރޭޓަރު ސެޓެއް ތޮއްޑުއަށް

ސްޓެލްކޯގެ ސްޓެވޯ ބްރޭންޑުގެ ޖެނެރޭޓަރު ސެޓެއް ތޮއްޑުއަށް

އއ. ތޮއްޑޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި ސްޓެވޯގެ STD600ގެ ޖަނަރޭޓަރު ސެޓެއް ސްޓެލްކޯއިން އެ ރަށަށް މިއަދު ފޮނުވައިފިއެވެ.

ސްޓެލްކޯއިން ބުނީ މި އައު ޖަނަރޭޓަރާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 1056KWއިން 1656KWއަށް އިތުރުކުރެވި އެކަމުގެ ފައިދާ އެ ރަށަށް ލިބިގެންދާނެ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1482564750857097221?s=20

Advertisement
HDC — Sidebar (box)

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، ފޮނުވައިފައި ވަނީ އދ. ހަންޏާމީދުއަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STWގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ 600STW ، 300STW ، އަދި 800STW އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޚިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވުމާ އެކު ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ސްޓެވޯ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ޖެނެރޭޓަރެއް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާއެއް ހުރި ނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް