Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުއަޑިން ފެނިއްޖެ

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުއަޑިން ފެނިއްޖެ

އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

"ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށީ އިއްޔެއެވެ.

އޭނާ ހޯދުމަށް ޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ، ޑައިވަރުންނާ އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެ މަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

Advertisement
HDC — Sidebar (box)

މީގެ ކުޑަ އިރުކޮޅެއް ކުރިން އެމްއެންޑީއެފްއިން ވިދާޅުވީ، މަންދޫ ކައިރި ފަރެއްގައި އިއްޔެ ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10ގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށް ފަހު ނަގައިފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް