ސިޔާސީ

ގައުމުގެ އިގްތިސާދު ފުނޑައިލުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށް ބަޔަކު އެބަ ދެކޭ: މައުސޫމް

  • ހޯމް ސްޓޭ ޓޫރިޒަމްއާ ދެކޮޅަށް ބަޔަކު ވާހަކަ ދެއްކުމުން ހައިރާން ނުވާ ކަމަށް ވިދާޅުވި.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް. ފޮޓޯ: މިހާރު

އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، ގައުމުގެ އިގްތިސާދު ފުނޑާލުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެންމެ ފަހުން ތައާރަފު ކުރި ފަތުރުވެރިކަމުގެ މޮޑެލް "ހޯމް ސްޓޭ"އާ ދެކޮޅަށް ދެކެވޭ ވާހަކަތަކާ މެދުގައި ހައިރާންވެވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ވާހަކަތައް ދެކެވެނީ އެ މޮޑެލްއާ ގުޅޭ ގޮތުން ބަޔަކު ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައިފައިވާތީ ކަމަށެވެ.

ގައުމުގެ އިގްތިސާދު ފުނޑައިލުން ވެސް އެންމެ ރަނގަޅު ކަމަށް ގަބޫލު ކުރާ ވަގުތެއްގައި، މީހަކަށް ސްޕޮންސަރ ކޮށްގެން ޓުއަރިސްޓުން ލައްވާ ގައުމުގެ ގާނޫނާއި ގަވާއިދު މުގުރިޔަސް ވެސް، ހައިރާނެއް ނުވާނެ. އެހެން ހަދައިފި ނޫންތޯ؟

ބައެއް ރަށްރަށުގެ ފަތުރުވެރިންނަށް "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ދީ، އެފަދަ ހަރަކާތްތަކުގައި ފަތުރުވެރިން ބައިވެރިކުރި ކުރުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފަތުރުވެރިންނަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދަން ޖެހޭ ބައެއް ނޫން ކަމުގައި ވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި "ހޯމް ސްޓޭ" ޓޫރިޒަމްގެ ފައިދާ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ކުރާނެކަން ފާހަގަކުރައްވައި، އެ ފައިދާ ކުރާ ދުވަހުން، އެންމެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތައުރީފުކޮށް، ސާބަސް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ދުނިޔެ ހައިރާންވާނެ ފަަދަ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުމަށް އިންވެސްޓަރުންނަށް ދައުވަތު އަރުވާ ކަމަށެވެ.

Ads by Allied Insurance
  1. ކިނބޫ

    ތިހެން ދެކޭތީ ތިތިބީ ފުނޑާލައިގެން. ޑރ. ޕައުންޑޭ އަކީ އޭގެ އެކަތި.