Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮޗިން ފެރީއިން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކޮޗިން ފެރީއިން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް މުދާ އުފުލަމުން އަންނަ ކޮޗިން ފެރީއިން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދޮގުކޮށްފިއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި، ޕީޕީއެމްގެ ނައިބު ރައީސް، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކޮޗިން ފެރީގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާކޮށް، ރައްޔިތުން އުފައްދާ ތަކެތި އިންޑިއާ ވިއްކޭނެ ގޮތް ވާނެ ކަމަށް ސަރުކާރުގެ މެންބަރުން ކުރިން ވިދާޅުވި ނަަމަވެސް ކަންވެފައި ވަނީ އެހެން ނޫން ކަމަށެވެ. އަދި ކޮޗިން ފެރީން ރާއްޖެއަށް ލިބުނު މަންފާއެއް ނެތް ކަމަށާއި ގެނައީ ހަތިޔާރު ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"ކޮޗިން ފެރީން ރައްޔިތުންނަށް ވީ މަންފާއެއް ނެތް. އެތެރެކުރީ ހަނިމާދުއަށް ހަތިޔާރު،" ޝުޖާއު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޝުޖާއުގެ މި ވާހަކަތަކާ ގުޅިގެން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އޮންލައިން ނޫސް "ވަގުތު"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ބޯޓަށް ކާގޯ އަރުވަނީ ކަސްޓަމުންނާއި ބޯޑާ ކޮންޓްރޯލްތަކުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުވާ ނަމަ، ބޯޓަށް އެއްވެސް މުދަލެއް ނޭރުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ބޯޓަށް އަރާ މީހުން އެނގޭނެހެން ބޯޓު ފުރުމުގެ ކުރިން ބޯޓުގެ މެނިފެސްޓޯއެއް އެމްއެސްއެސްއަށް ލިބޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީއަކީ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭ ބޮޑު ފެރީއެކެވެ. މި ފެރީން އުފުލޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް