Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯވި މަތިންދާބޯޓު މަރާމާތަށް ފަހު މާލެ ގެނެސްފި

ރޯވި މަތިންދާބޯޓު މަރާމާތަށް ފަހު މާލެ ގެނެސްފި

ރޭ ހދ. ހަނިމާދޫން ފުރަން ތައްޔާރުވެފައި ވަނިކޮށް ކޮކްޕިޓުގައި ރޯވި މޯލްޑިވިއަންގެ މަތިންދާބޯޓު މަރާމާތު ކުރުމަށް ފަހު ރޭ ފަތިހު މާލެ ގެނެސްފިއެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު އޮންލައިން ނޫހަކަށް އެކަން ޔަގީން ކޮށްދެއްވަމުން ވިދާޅުވީ، އެ ބޯޓު މަރާމާތު ކުރުމަށް ފަހު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޯވި ބޯޓުގައި ތިބި މީހުން ވެސް ރޭ ފަތިހު މާލެ ގެނެސްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އެ ބޯޓުގައި ދަތުރުކުރި ޕަސަންޖަރުން ރޭގެ ވަގުތެއްގައި މާލެ ގެނެސްފައި ވަނީ" އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލު ވިދާޅުވީ، މަތިންދާބޯޓުގައި ރޯވި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ވީހައި ވެސް އަވަހަށް އެ މައުލޫމާތު ވެސް ހިއްސާ ކުރައްވާނެ ކަމަށެވެ.

މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ކޮކްޕިޓުގައި ރޯވި އަލިފާންގަނޑު ވަގުތުން ވަނީ ނިއްވައިލައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރޯވި ބޯޓުން ރޭ މާލެ ދަތުރު ކުރަން ތިބި ފަސިންޖަރުން ގެނައީ އިންޖިނިއަރުން ގޮވައިގެން ހަނިމާދުއަށް ދިޔަ ބޯޓުގައެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓުގައި 32 ފަސިންޖަރުން ދަތުރު ކުރިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް