ކޮވިޑް ވޭދަނަތައް އިތުރު ވާތީ އުތީމު ގަނޑުވަރު ބަންދު ކުރަނީ

ކޮވިޑް-19އަށް ފައްސިވާ ވޭދަނަތައް އިތުރުވާތީ، އުތީމު ގަނޑުވަރު ބަންދު ކުރަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑު ފެތުރޭ މިންވަރު އިތުރުވަމުންދާތީ އުތީމު ގަނޑުވަރުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން އުތީމު ގަނޑުވަރުގެ ހިދުމަތްތައް މެދުކަނޑައިލާން ނިންމައިފައި ވަނީ މާދަމާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދުވަސްކޮޅު ކޮވިޑަށް ފައްސިވަމުންދާ އަދަދުތައް އިތުރުވަމުން ދާތީ، ބައެއް ފިޔަވަޅުތައް ވަނީ މިހާރު ވެސް އަޅައިފައެވެ. އެގޮތުން މާލޭން އެހެން ރަށަކަށް ދަތުރުކުރާނަ މަ ނައްސި ޕީސީއާރް ޓެސްޓެއް އޮތުން މަޖުބޫކޮށްފައިވާއިރު، ވެކްސިން ނުޖަހާ މީހުން ދަތުރުކުރާ ނަމަ 14 ދުވަހަށް ކަރަންޓީންވާން ވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.