ޚަބަރު ސިޔާސީ

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތު މީހާއާ ދޭތެރޭ ވިސްނާ، ފިކުރުކުރާ ޕާޓީއެއް: މާރިޔާ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/އެމްޑިޕީ

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތު މީހާއާ ދޭތެރޭ ވިސްނާ ފިކުރުކުރާ ޕާޓީއެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ފޯކައިދޫގައި މިރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ، ފިކުރުކުރާ ރައްޔިތުންނާ ގުޅިގެން މަސަތްކަތްކުރާ ޕާޓީއެއް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނާ ގާތުން މަސަތްކަތްކޮށް ރައްޔިތުންގެ ވާހަކަތައް އަޑުއެހުމަށް ފަހު، އެވައުދުތައް ހިފައިގެން އިލެކްޝަނަށް ނިކުންނަ ބައެއް ކަމަށެވެ.

"އެމްޑީޕީއަކީ ހަމަ ތިބެފައި ކުއްލިއަކަށް އިނގިލިން ވައުދުތައް ގުނާލާ ބައެއް ނޫން. ރައްޔިތުން ގާތަށް ހިނގާ، ރައްޔިތުންނާ ވާހަކަ ދައްކާ، ރައްޔިތުން އުޅޭ ހާލު ދެކި، ރައްޔިތުންނާ  އެވާހަކަތައް ދައްކައިގެން ވައުދުތަކެއް ހިފައިގެން އިލެކްޝަނަށް ނިކުންނަ ބައެއް" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވަނީ އެމްޑީޕީއިން ފުއްދައިފައިވާ ބައެއް ވައުދުތައް ވެސް ފާހަގަ އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައެވެ. އެގޮތުން އާސަންދައިގެ ހިދުމަތް ފެށުމާއި، ދަރިވަރުންގެ ފޮތް ލިސްޓަށް ހިލޭ ފޮތްތައް ދިނުމާއި އަދި އުމުރުން ދުވަސްވީ މީހުންނަށްދޭ ޕެންޝަނުގެ ވާހަކަ ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި މި ހުރިހާކަމެއް ވެސް ކުރެވިފައި ވަނީ ރައްޔިތުންނާ ގާތުން މަސަތްކަތް ކުރާތީ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ އިގްތިޞާދީ ގޮތުން މިހައި ދަތި ދަނޑިވަޅެއްގައި އެމްޑީޕީގެ ފަރާތުން ރައްޔިތުންނާއި ރަށްރަށުގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތައް ގުނާ އަދަދު ނުވާހާ ވެސް ގިނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް އެ ދާއިރާއިން ފެނިވަޑައިގަތުމުން ސިއްސައިގެން ދިޔަ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވަނީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާއިން ދެއްވާ އެހީތެރިކަމުގެ ވާހަކަ ވެސް ފާހަގަ ކުރައްވައިފައެވެ. އަދި ރައީސް ޔާމީން ކުރީގައި ހުރެގެން ހިންގަވާ އިންޑިއާ އައުޓް ކެމްޕެއިނަށް ވެސް އެކަމަނާ ވަނީ ފާޑު ވިދާޅުވިއެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއު ހުއްޓުވަން ކަމަށެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިސްވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވައިފައިވެއެވެ.

Ads by Ooredoo
  1. ނަސީރު

    ތިދައްކަނީ މިޤައުމުގެ ޤާނޫނު އަސާސީގެ އަގުވައްޓާލި ފުރަތަމަ އަންހެންމީހާގެ ވާހަކަ ރައްޔިތުން ކުރިމަތީ ގަ އެއަށް ކޮޅަށް އަރާ …މިހާރު ކޮބާ އެދުވަސް،އަހާބަލަ..

  2. ޚަންބިލި

    މާރިޔާ ތީ ދިވެހިރއްޔިތުން ދެކެލޯބިވާ މީހެއްން އެހެންނޫން ނަމަ ދިވެހި ސިފައިންނަކީ ފިދަނަތަކަކަށް ހަދާ ނިކަމެތި ނުކޮށްލީސް މާރިޔާ އަށްކަމުދާނީ ގެރިސައުކާރުގެ ސިފައިން