މީހެއްގެ ސައިކަލެއް މޫދަށް ވައްޓައިލި މައްސަލައެއް ބަލަނީ

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ފަޅުތެރެއަށް މީހެއްގެ ސައިކަލެއް މޫދަށް ވައްޓައިލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީސްމީޑިއާގައި މިއަދު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފިރިހެނަކު ސައިކަލެއްގައި ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ދުއްވައިފައި ގޮސް، ޖެޓީ ސަރަހައްދުގައި ސައިކަލް ބެހެއްޓުމަށް ފަހު އެ ސައިކަލުން ފައިބާ ފައިން ޖަހާ ސައިކަލް މޫދަށް ވައްޓައިލާ މަންޒަރެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ. އަދި ސައިކަލު ނެގުމުގެ މަސައްކަތް މެރިން ޕޮލިހާއި އެޗްޑީސީ ގުޅިގެން ކުރަމުންގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.




.webp)

ކޮމެންޓް