Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީން ޖެހޭނީ އަލުން ޖަލަށް ވަޑައިގަންނަވަން: ސިއްޕެ

ރައީސް ޔާމީން ޖެހޭނީ އަލުން ޖަލަށް ވަޑައިގަންނަވަން: ސިއްޕެ
ރައީސް ޔާމީން އަލުން ޖަލަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) އިންޒާރެއް ދެއްވައިފިއެވެ. ސިއްޕެ މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީން އަލުން އަނބުރާ ޖަލަށް ދާން ޖެހޭ ކަމަށް ވިދާޅުވަމުން، ސިއްޕެ ވިދާޅުވީ، ރައީސް ޔާމީން އިންޑިއާ އައުޓް ކެންޕެއިން ކުރެއްވިޔަސް ދުވަސްކޮޅަކުން އެމަނިކުފާނު ޖެހޭނީ "އިން" ވާން ކަމަށެވެ. އަދި ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ އަލުން "އިން"ވާން ޖެހޭ ކަހަލަ ކަންތައްތައް ކަމަށް ސިއްޕެ ވިދާޅުވިއެވެ. ސިއްޕެ ވިދާޅުވީ ރައީސް ޔާމީނަކީ ދައުލަތުން ޚަރަދު ކުރައްވާ ބޭފުޅެއް ކަމަށާއި އެގޮތަށް ރައީސް ޔާމީނަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރައްވައިފައިވާ ފަރާތްތަކުން، ރާއްޖޭގެ ދައުލަތުން ޚަރަދު ކުރާ ފަރާތްތަކުން މި ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމަކަށް ވައްޓައެއް ނުލެވޭނެ. އެމްޑީޕީ ވެރިކަމުގައި އޮވެ އެ ކަމަށް ޖާގަ ދޭކަށެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވީމަ މިދަންނަވަނީ އައުޓެއް ނުވެވޭނޭ. ވާން ޖެހޭނީ އިން. ޔާމީން ޖެހޭނީ އަލުން އަނބުރާ އޮތް ތަނަށް ދާން.
ޝިޕާޒް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާގެ ރައްޔިތުންނާ ދިވެހި ރައްޔިތުންނާ ޖެއްސުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މިކަން ކުރުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ސިއްޕެ ވިދާޅުވިއެވެ. ޝިފާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭން ކަމަށާއި، ޙައްޤުވާ މިންވަރު ހޯދަން އެންމެ ފުރަތަމަ ވަކާލާތު ކުރީ ވެސް، އަދި މިހާރު ކުރަމުންދަނީ ވެސް އެ ޕާޓީން ކަމަށެވެ. "ކޮންމެ ވާހަކައެއް ކެންޕެއިންނާ ދިމާވާ އިރަށް އެ ބޭފުޅުން ރައްދު ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް ޚުދު އެ ރައްޔިތުން ވެސް، މިރަށުގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުން ވެސް މިއަދު ދަރިންނަށް ކިޔަވަން ޚަރަދު ކުރަނީ މި ޕާޓީން ކުރި މަސައްކަތުން، ބަލިވީމާ ފަރުވާ ހޯދަނީ، މި ޕާޓީން ގެނައި ބަދަލުން" ޝިފާޒް ވިދާޅުވީ މި ޚިދުމަތްތަކުގެ ވާހަކަ ވެސް އެހެން ޕާޓީއަކުން ނުދައްކާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފަސް ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީން ވެސް ކެނޑިޑޭޓުން ވާދަކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް