Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިދިޔަ އަހަރު ކައިވެނި ކުރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވަރިކުރި

މިދިޔަ އަހަރު ކައިވެނި ކުރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވަރިކުރި

2021ވަނަ އަހަރު ފެމިލީ ކޯޓުން ކޮށްދިން ކައިވެނިތަކުގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް އެ ކޯޓުން ވަރިކޮށްދީފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ޖުމްލަ 2،399 މީހަކު ފެމިލީ ކޯޓުން ކައިވެނި ކުރިއިރު، 1،192 ވަރި އެ ކޯޓުން ވަނީ ސާބިތުކޮށްދީފައެވެ.

މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކޮށްދީފައި ވަނީ 21 ޑިސެންބަރުގައެވެ. އެ ދުވަހު މާލޭގައި 57 ކައިވެންޏެއް ކޮށްފައިވެއެވެ. މާލޭގައި އާއްމުކޮށް ދުވާލެއްގެ މައްޗަށް ދިހަ ވަރަކަށް ކައިވެނި ކުރެއެވެ.

Advertisement
Allied — Dhen Online (box)

ކޯޓުން އާއްމުކޮށްފައިވާ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުގައި ކުރި 87 ކައިވެންޏެއް ވަނީ މިދިޔަ އަހަރު ރެޖިސްޓަރކޮށްދީފައެވެ.

މިދިޔަ އަހަރު ކޯޓުން ވަނީ ދަރިންގެ ޚަރަދުގެ ގޮތުގައި 31 ރުފިޔާ ނަގައިދީފައެވެ. އަދި އިއްދައިގެ ޚަރަދުގެ ގޮތުގައި 2 މިލިޔަން ރުފިޔާ ނަގައިދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް