Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް ސުންކު ނަގަން އިތުރު ސެންޓަރެއް މާދަމާ ހުޅުވަނީ

ކޮވިޑް ސުންކު ނަގަން އިތުރު ސެންޓަރެއް މާދަމާ ހުޅުވަނީ

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސުންކު ނަގަން އިތުރު ސެންޓަރެއް މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ ކޮވިޑްއަށް ޓެސްޓު ކުރުމަށް ސުންކު ނަގަން އައު ސެންޓަރެއް، ސިނަމާލެ ބްރިޖު ކައިރި ޕާކިންގް ޒޯނުގައި މާދަމާ ހެނދުނު ހުޅުވާނެ ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ސެންޓަރުން ހިދުމަތް ދޭން ފަށާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ސިނަމާލެ ބްރިޖު ކައިރީގައި ސުންކު ނަގަން އިތުރު ސެންޓަރެއް ހުޅުވަން ތައްޔާރުވެފައިވާ އިރު، މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ވަނީ އައު ސެންޓަރެއް އެޗްޕީއޭ އިން ހުޅުވައިފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިފަހަކަށް އައިސް ދަނީ ގޯސްވަމުންނެވެ. އެގޮތުން މިއަދު ވެސް އިތުރު 2609 މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާއިރު، ޖުމްލަ އަދަދު މިހާރު ވަނީ 122،777އަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް