Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮމަންޑޫ ސިއްހީ މަރުކަޒުން އަންގައިގެން ސިޔާސީ ރެލީތައް ހުއްޓައިލައިފި

ކޮމަންޑޫ ސިއްހީ މަރުކަޒުން އަންގައިގެން ސިޔާސީ ރެލީތައް ހުއްޓައިލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ސިޔާސީ ރެލީތައް، އެރަށު ސިއްހީ މަރުކަޒުން އަންގައިގެން ހުއްޓައިލައިފިއެވެ.

އެނގިފައިވާ ގޮތުގައި ސިޔާސީ ރެލީތައް ހުއްޓައިލާން ކޮމަންޑޫ ސިއްހީ މަރުކަޒުން އަންގައިފައި ވަނީ، ދާއިރާއަށް ކެމްޕެއިނު ކުރުމަށް އެމްޑީޕީއާއި ޕީޕީއެމްއިން ވެސް މިއަދު ހަވީރު ހިނގާލުން ކުރިއަށް ގެންދަނިކޮށެވެ.

އެމްޑީޕީގެ ހިނގާލުމުގައި ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)އާއި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Allied Insurance — Square (box)

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު އުމަރުއާއި އަބްދުﷲ މުހައްމަދު ފަދަ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5ވަނަ ދުވަހުގައެވެ. އެ އިންތިހާބުގައި ވާދަ ކުރަައްވަނީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރާޝިދުއާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާނު އިދުރީހެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް