Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިމާވެށީގެ ދާއިރާއިން ތުރުކީއާ އެކު ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތިމާވެށީގެ ދާއިރާއިން ތުރުކީއާ އެކު ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތައިލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާ އެގައުމުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއެވެ.

Advertisement
Allied — Dhen Online (box)

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައްޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލް ފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތައިލުމުގެ ކަންކަމުގައި ވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް