Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

11 ފޮށި ބަނގުރަލާ އެކު މާލެއިން ދެ މީހަކު ހައްޔަރު ކޮށްފި

11 ފޮށި ބަނގުރަލާ އެކު މާލެއިން ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 11 ފޮށި ބަނގުރަލާ އެކު މާލެއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެ ހިދުމަތުގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓު (ޑީއީޑީ)އިން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާލޭގެ ގެޔަކުން އަތުލައިގަނެފައިވާ ކަމަށާއި އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި ފުލުހުން ހިންގި މި އޮޕަރޭޝަންގެ ތެރެއިން ބަނގުރާ ފުޅިތަކާ އެކު ފުލުހުން ދެ މީހަކު މިރޭ ހައްޔަރު ކޮށްފައި ވަނީ ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައާއި ކައިރީ ހުރި ގެޔަކުންނެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ދެ ދިވެހިންކަން ވެސް އެނގިފައިވެއެވެ.

ހައްޔަރު ކުރި ދެ މީހުންނަނީ ފުޅާ ދާއިރާއެއްގައި ރަލުގެ ވިޔަފާރި ކުރާ ދެ މީހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް