ވެލާނާ އިންޓަރނޭޝަލަ އެއަރޕޯޓުން މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރު ކޮށްފި

ވެލާނާ އިންޓަރނޭޝަލަ އެއަރޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު މިއަދު ހައްޔަރު ކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޓަނޭޝަނަލް ޓާމިނަލުންނެވެ.
ހައްޔަރުކުރި ފިރިހެން މީހާ މިހާރު ހުރީ ބިޑި އަޅުވައިފައެވެ. އެތަނުގައި ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.