Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ތަމްރީނުވާން އެމްޓީސީސީން ފުރުސަތު ހުޅުވައިލައިފި

ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ތަމްރީނުވާން އެމްޓީސީސީން ފުރުސަތު ހުޅުވައިލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަަށް ހިންގާ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން 140 ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން، އެމްޓީސީސީގެ އެންމެ ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ވަނީ ފުރުސަތު ހުޅުވައިލައިފައެވެ. އޭގެ ތެރޭގައި ފަންނީ ދާއިރާގެ އެކި ވަޒީފާތައް ވެސް ހިމެނެއެވެ.

"ހުނަވަރު" ޕްރޮގްރާމާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގައި ވަޒީފާ އެބަހުރި ކަމަށާއި ހުނަވަރު ތަމްރީނު ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީނު ފުރިހަމަ ކުރުމުން އެ ވަޒީފާތައް ލިބެން ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިއީ ދިވެހިން ކުރިއަރުވަން ބޭނުންވާ ދާއިރާތަކަށް ވުމުން ވީހައި ވެސް ގިނަ މީހުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އާޒިމް އެދިވަޑައިގެންފައިވެއެވެ.

އެމްޓީސީސީގެ ސީއީއޯ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ވެސް އެ ކުންފުނިން މި ޕްރޮގްރާމް ހިންގައިފައިވާ އިރު، އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށެވެ. އެހެންކަމުން، ތަމްރީން ފޯރުކޮށްދޭ ދާއިރާތަކުގެ ވަޒީފާތަކުގެ މުސާރަ މިހާރު ބޮޑު ކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ވަޒީފާ އެ ކުންފުނިން ކުރިމަގުގައި ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް