Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 156 މީހުން

މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 156 މީހުން

ކ. މާފުށީ ޖަލުން ކޮވިޑް-19އަށް ފައްސިވީ ގައިދީންގެ ތެރެއިން، ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 149 ގައިދީން އެބަތިއްބެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާފުށީ ޖަލުން މިވަގުތު ކޮވިޑަށް ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 149 ގައިދީންނާއި 7 ޕްރިޒަން އޮފިސަރުންނެވެ. އެ އަދަދާ އެކު ޖުމްލަ އަދަދު މިހާރު މިވަނީ 156އަށް އަރައިފައެވެ.

މާފުށީ ޖަލުގައި މިވަގުތު ކަރަންޓީނުގައި ތިބީ 82 ގައިދީންނެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑުން ފަސޭހަވީ މީހުންގެ އަދަދަށް ބަލާއިރު، މާފުށީ ޖަލުން މިހާރު 123 ގައިދީންނާއި 26 ޕްރިޒަން އޮފިސަރުން ވަނީ މި ބަލިން ފަސޭހަވެފައެވެ. މިއަދަދުތަކާ އެކު މާފުށީ ޖަލުން މުޅިއަކު 149 މީހުން މިވަނީ ކޮވިޑް-19އިން ފަސޭހަވެފައެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. މާފުށީ ޖަލުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.
މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް