Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިން ޤައުމެއްގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ތިން ޤައުމެއްގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ތިން ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ބައްދަލުކުރެއްވީ ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ޙަސަންއާއި، ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޓަކެއޫޗީ މިދޯރީ އަދި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އާދަމް މަޒްނަވީ ޖައުފަރް ސާދިޤްއާއެވެ.

ބަނގްލަދޭޝް ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަކީ ސަފީރުކަމުގެ ދައުރު ފުރިހަމަ ކުރައްވައި، ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޒިޔާރަތެކެވެ. އަދި ސްރީލަންކާ ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް ޒިޔާރަތްކުރެއްވީ، މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއަށް އެރުވުމަށްފަހުއެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު މެންދުރު ފަހު ވަކިވަކިން އޮތް މި ބައްދަލުވުންތަކުގައި އެޤައުމުތަކާ ދިވެހިރާއްޖެއާ އޮންނަ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދުއާ ސަފީރުން މަޝްވަރާކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް