ޚަބަރު

ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކާ މުބާރާތެއް ބާއްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފައިސާގެ އިނާމު ލިބޭ ގޮތަށް، ފަރިތަކަމާ އެކު ދިވެހި ބަހުން ވާހަކަދައްކާ ބިދޭސީއަކު ހޮވުމުގެ މުބާރާތެއް ބޭއްވުމަށް ދިވެހިބަހުގެ އެކަޑަމީއިން މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމަށް އަމާޒުކޮށްފައި ވަނީ އަންނަ ރަމަޟާން މަހުގައެވެ.

ދިވެހިބަހުގެ އެކެޑެމީއާއި ވީޓީވީއާ ގުޅިގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ އިރު، ދިވެހި ބަހުގެ އެކަޑަމީން ބުނީ އެ މުބާރާތުގައި ދިވެހި ބަހުން ވާހަކަދައްކަން އެނގޭ ކޮންމެ ބިދޭސީއަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ރަސްމީ ލިޔެކިޔުންތައް ހުށަހަޅައިގެންކަމުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަކީ ސައްހަ ލިޔެކިޔުން އޮންނަ ރާއްޖޭގައި ދިރިއުޅޭ ބިދޭސީއަކަށް ވާން ޖެހޭނެކަމަށް ވެސް އެ އެކަޑަމީން ބުނެފައިވެއެވެ.

އެ މުބާރާތާ ގުޅޭގޮތުން ބިދޭސީންނަށް އިތުރަށް މައުލޫމާތު ދިނުމަށް އެކި ޤައުމުތަކުގެ އެމްބަސީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ.

މި މުބާރާތުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާ، ދެވަނައަށްދާ ފަރާތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތަކަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ ދިވެހި ބަހުގެ އުސްތާޒުންގެ ޕެނަލްއެއްކަމަށް އެކަޑަމީން މައުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!