ޚަބަރު

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަނބިމީހާއަށް އަނިޔާ ކުރި މައްސަލައިގައި 37 އަހަރުގެ އިންޑިއާ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

މިއަދު ހެނދުނު މާލޭގެ ގެއެއްގައި އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފައެވެ. އެ އަންހެން މީހާ ފުލުހުންގެ އެހީތެރިކަމާ އެކު ގެއިން ނިކުމެގެން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

ފުލުހުން ދެންމެ ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ބޮޑަށް ޒަޚަމްވެފައި ވަނީ އަންހެން މީހާ ކަމަށާއި އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!