ދުނިޔެ

އައިއެސް ލީޑަރު މަރުވީ އަމިއްލައަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހައްދުފަހަނަ އަޅައިފައިވާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ، ދަ އިސްލާމިކް ސްޓޭޓްސް (އައިސިސް)ގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ ޖާނުން ފިދާވެއްޖެއެވެ.

Ads by Sosun Fihaara

ތުރުކީގެ ބޯޑަރު ކައިރީ ސިޓީއެއްގައި، ސީރިއާގައި ހުއްޓާ އެމެރިކާ ސިފައިން ވަނީ އޭނާ އުޅެމުން ދާ ގެ ވަށައިލައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ޖާނުން ފިދާވެ މަރުވެފައި ވަނީ ހަމަލާ ބަދަލު ކުރުމުގެ ކުރިން، ބަލިވެ، ހައްޔަރުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ބޮމުގެ މި ހާދިސާގައި އެ ގޭގައި ދިރިއެޅުން އައި ކުޑަ ކުދިންނާއި އަންހެން ހިމެނޭހެން 13 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 6 ކުޑަ ކުދިންނާއި ހަތަރު އަންހެނުން ހިމެނެއެވެ.

2019 ވަނަ އަހަރު އައިސިސްގެ ކުރީގެ ލީޑަރު ވެސް މަރުވެފައި ވަނީ އެމެރިކާއިން ހަމަލާ ދޭން ފެށުމުން ޖާނުން ފިދާވެގެންނެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ އަލް ޤުރައިޝީ މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާައި ކުރު ތަގުރީރެއްގައި މި އޮޕަރޭޝަނަށް ތައުރީފު ކުރައްވައިފައެވެ. އައިއެސްއައިއެލްގެ ލީޑަރުގެ ހިފުމަށް އެމެރިކާއިން ހިންގި މި އޮޕަރޭޝަންގައި އާއްމުންގެ ބަޔަކު މަރުވީ، ގުރައިޝީގެ "ފިނޑި" އަމަލެއްގައި އަމިއްލަ ނަފްސު ގޮއްވައިލުމުން ކަމަށް ޖޯ ބައިޑަން ވިދާޅުވިއެވެ.

"އޭނާ ގޮއްވައިލީ. ވެސްޓެއް ލައިގެން އަމިއްލައަށް ގޮއްވައިލީއެއް ނޫން. އަހަރެމެން އަންނަން ފެށީމަ، މުޅި ތިންވަނަ ފްލޯ ގޮއްވައިލީ. އާއިލާގެ މީހުން ވެސް އަމިއްލަ މަރައިލީ." ބައިޑަން ވިދާޅުވިއެވެ.

މި ރެއިޑްގައި އެމެރިކާގެ މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

2020 ވަނަ އަހަރު އެމެރިކާއިން ވަނީ، ޤުރައިޝީ ދިރިއުޅޭ ތަނުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިޔަން ޑޮލަރު ދޭން ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!