ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ މާލޭގެ ވޯޓު ފޮށިތައް ބަހައްޓައިފައިވާ އިސްކަންދަރު ސްކޫލް ކުރިމަތީ ގޯޅީގައި ހުންނަ ރެސްޓޯރެންޓް، ފުޑް ބޭންކުން މިއަދު ކެއުން ބުއިން ސާވް ކުރާނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް އެރެސްޓޯރެންޓުން އިއުލާންކޮށްފިއެވެ.
ތިން ފަންގިފިލާގެ މި ރެސްޓޯރެންޓުގެ ދޮރުގައި ވަނީ މިއަދު އެ ރެސްޓޯރެންޓުން ހިދުމަތް ދޭނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށްކަމަށް ބުނެ އިއުލާނެއް ތަތްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މިކަން ސަމާލުކަމަށް ގެނެސްފައެވެ.
އެގޮތުން ސައީދު ވަނީ މިއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާއި ހިލާފު ކަމެއްކަން ފާހަގަކުރައްވައިފައެވެ.
އެގާނޫނުގައި ބުނާ ގޮތުން އެހެން ގާނޫނަކުން ވަކިގޮތަކަށް ކަނޑަނާޅާހައި ހިނދަކު ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ހިދުމަތް ދޭފަރާތްތަކުން އެފަރާތަކުން ދޭ ހިދުމަތެއް ދިނުމުގައި، ނަހަމަގޮތުގައި ވަކި ފަރާތެއް ތަފާތުކޮށްގެން ނުވާނެކަމަށެވެ.
އަދި އެފަދަ ގޮތެއްގައި މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ހިދުމަތެއް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެއްކަމަށް އެގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ސައީދު ވަނީ މިއީ ޑިމޮކްރަސީއާއި ހިލާފުކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.
ވޯޓުލާ މަރުކަޒުތައް ކައިރީގައި އެމްޑީޕީން މިއަދު ކެމްޕެއިން ކުރަމުންދާކަމުގެ ޝަކުވާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނާއި އެމްއެންޕީން ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ވޯޓު ލާންދާ މީހުންނަށް ފައިސާ ބެހުމާއި އެ ނޫން ވެސް ނުފޫޒު ފޯރުވުމުގެ ކަންކަން އެމްޑީޕީން ކުރަމުންދާކަމުގެ ތުހުމަތު އެހެން ޕާޓީތަކުން ކުރެއެވެ.
ށައީދު ތިހެން ބުނާއިރު މަ ކައިވެނި ޕާޓީ ބާއްވާން ރާނބާ ރެސްޓޯރަންޓް ރިޒާވް ކުރީމައި ސައީދަށް އެދުވަހު އެތަނުން ނުކެވުނީމައި މަ ކުއްވެރި ވާނެތަ؟ ނޫނީ ކާނާ ތަ ކުއްވެރި ވާނީ؟ ޢެއްބަޔަކަށް ކެވިފަ އަނެއްބަޔަކަށް ނުކެވުނީމައި.