Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމަށް ހޮވައިފައި: އަދުރޭ

މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމަށް ހޮވައިފައި: އަދުރޭ

މަސައްކަތް ނިންމާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ހޮވައިފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ސަރުކާރު ހިނގާ މައި ޕާޓީ، އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ މިނަތީޖާއިން 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މިއިންތިޚާބުގެ ނަތީޖާއަކީ ޕީޕީއެމްއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ ދެން ނިކުންނާނީ މާބޮޑަށް ވެސް ވަރުގަދަކޮށް ކަމަށެވެ. އަދި “މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ހޮވައިފައި” ކަމަށް އަދުރޭ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/banafsaa/status/1490279204151513093?s=21

ކޮމަންޑޫ ދާއިރާގެ އިންތިޚާބު 240 ވޯޓުން ކާމިޔާބުކޮށްފައި ވަނިީ، އެމްޑީޕީންނެވެ. އިންތިޚާބުގައި ދެން ވާދަ ކުރި އެމްއެންޕީއަށް ލިބުނީ 300 އެއްހައި ވޯޓެވެ.

2019ވަނަ އަހަރު އެމްޑީޕީން މި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، 353 ވޯޓްގެ ތަފާތަކުންނެވެ. އެމްޑީޕީން ވިދާޅުވީ، މި ފަދަ ބަދަލެއް އައިސްފައި ވަނީ ތިން މެންބަރުން ވާދަ ކުރުމުން ކަމަށާއި އެޖެންޑާ-19އަށް ބޮޑު ތާއީދެއް އޮތްކަން އެނގޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް