Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޝަރުއީ ގޮތުން މިނެކިރޭނެ ބަޣާވާތަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ ކަންކަން: ޝައިޚް ޒަމްޒަމް

ޝަރުއީ ގޮތުން މިނެކިރޭނެ ބަޣާވާތަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ ކަންކަން: ޝައިޚް ޒަމްޒަމް

ޝަރުއީ ގޮތުން މިނެކިރޭނެ، ހަގީގީ ބަޣާވާތަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ ކަންކަން ކަމުގައި ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/ZamzamFarish/status/1490510701735325697

Advertisement
Ooredoo — Square (box)

މިއަދަކީ 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 07 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވިތާ 10 އަހަރު ފުރުނު ދުވަހެވެ.

ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އާންމުންގެ ބަޔަކު ނުކުމެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި ހިންގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހުގައެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުން ކަމަށް އެ މަނިކުފާނު ވިދާޅުވުމުން ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 08ވަނަ ދުވަހު، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އަދި މާލޭގައި އޮތް ބޮޑު މުޒާހަރާ ރޫޅައިލާން ފުލުހުން ކުރިމަތިލައި، އެމްޑީޕީގެ އެތައް ސަޕޯޓަރުންނަކަށް އަނިޔާވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް