Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާޒިމް ދެއްކި ވާހަކަތަކާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ

އާޒިމް ދެއްކި ވާހަކަތަކާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ޖުޑީޝަރީއަށް ފާޑު ކިޔައި، ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް، އިދިކޮޅު ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީ އާޒިމް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކި ވާހަކައިގައި އެމްޑީޕީއާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވަނީ ވާހަކަ ދައްކައިފައި ކަމަށެވެ. މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެންމެ ފަހުން ބޭއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ވަސީލަތްތަކާއި، ފައިސާއާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެން ވެސް، އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީއަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން ކަމުގައެވެ.

Advertisement
Allied — Dhen Online (box)

"އަދި އެއީ ޖުޑީޝަރީ ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ ކުށެއް ވެސް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުން ހަޖަމުކޮށް، މުސްތަޤިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓައިލާން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި އެމްޑީޕީގެ ލީޑަރޝިޕަށް ގޮވައިލަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޢަލީ ޢާޒިމްގެ އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް