ޚަބަރު ރައްޔިތުންގެ މަޖިލިސް

އައު ރަންވޭ ނުހުޅުވާ މައްސަލަ ކޮމިޓީއިން ބަލަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަދާފައިވާ އާ ރަންވޭ ނުހުޅުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން މިއަދު ނިންމައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، އައު ރަންވޭ ހުޅުވުން ލަސްވެ، އާންމުންގެ ޝަކުވާ އިތުރުވެފައި ވާތީ އެ މައްސަލަ ކޮމިޓީން ބެލުން މުހިއްމު ކަމަށެވެ. މިކަމާ ގުޅިގެން އެސްއޯއީ ކޮމިޓީން ނިންމީ ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލަށް ސިޓީއެއް ފޮނުވައި، ރަންވޭ ހުޅުވުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.

އެމްއޭސީއެލްއިން ކުރިން ބުނެފައި ވަނީ، ވީއައިއޭގައި ހަދައިފައިވާ އައު ރަންވޭ ހުޅުވުން ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ޑިލޭއާއި ސީ ޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ތެރޭގައި އޭރު ޖެހުނު މައްސަލަތަކާ ހެދި ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހެދި އައު ރަންވޭގެ މަސައްކަތް ނިންމައިލައިފައި ވަނީ އެ މަނިކުފާނުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 2018ވަނަ އަހަރުގައެވެ. ނަމަވެސް މި ސަރުކާރަށް މިހާރު ތިން އަހަރު ވެފައިވާ އިރު ވެސް، އަދިވެސް އެ ރަންވޭ ބޭނުން ކުރަން ފަށައިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!