ޚަބަރު ސިޔާސީ

ދައުލަތުން ކައުންސިލުތަކުގެ އިހްތިޞާސަށް އަަރައިގަންނަ ނަމަ، ކީއްކުރާ ކައުންސިލެއްތޯ؟: ނަރީޝް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް

މުޅި ދައުލަތުން ކައުންސިލުތަކުގެ އިހްތިޞާސަށް އަރައިގަންނަ ކަމަށްވާ ނަމަ، ކައުންސިލުތަކެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސުވާލު އުފައްދަވައިފިއެވެ.

Ads by MWSC

މާލެއިން 1000 ޕާކިން ޖާގަ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ. ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު 16 ފެބްރުއަރީން ފެށިގެން، އޮންލައިން ޕޯޓަލް މެދުވެރިކޮށް، ހުޅުވައިލެވިފައިވާ ކަމަށެވެ.

މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ، އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ބުނަނީ، މިއީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ނަރީޝް ކުރެއްވި ޓްވީޓެއްގައި، ސަރުކާރަށް ފާޑު ވިދާޅުވެ، ކައުންސިލުތަކަށް ބާރު ނުދޭނަމަ، ލާމަރުކަޒީ ގާނޫނު ހެދީ ކީއްކުރަންތޯ ސުވާލު ކުރެއްވިއެވެ.

"ކީއްކުރާ ކައުންސިލެއްތޯ؟ ގާނޫނު އުވައިލަންވީ ނޫންތޯ؟" އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނާއި ގަވާއިދުގައިވާގޮތަށް ހިލޭ ޕާކިން ސަރަހައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމުކުރާނެ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށައަޅާ ފާސްކުރުމަށް ފަހު ގަވާއިދުގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށައަޅާފައި ނެތް ކަމަށާއި އަދި އެފަދަ ހުއްދައަކަށް ވެސް އެދިފައިނުވާކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓްރީން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ މީހުންނަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމައިފައިވާ ޕާކިން ސްލޮޓްތައް އެފަދައިން ނުވިއްކޭނެ ކަމަށެވެ.

Ads by Allied Insurance
  1. ޢަލީނަސީމް

    ކައުންސިލް ތަކަކީވެސް ދައުލަތުގެ ތަންތަން. ކައުންސިލަރަކަށް ނވަތަ މޭޔަރަކަސް ވިޔަސް ހިތުހުރިހާގޮތަކަށް ކަމެއްނުކުރެވޭނެ. ޢޮންނައުސޫލަކާ ގާނޫނަކާ އެއްގޮތަށް ކަންކަން ކުރެވޭނީ. އެކަންގަބޫލު ނުކުރެވޭނަމަ އެއްފަރާތްވުން ރަގަޅުވާނީ. ކޮންމެ ގައުމެއްގެވެސް ބިމަކީ ދައުލަތުގެ އެއްޗެއް. އެއީ ސިޓިއެއްގެ މޭޔަރެއްގެ ތަރިކައަކަށް ނުހެދޭނެ.