Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދައުވާތަކަށް މަހްލޫފް އިންކާރު ކުރައްވައިފި

ދައުވާތަކަށް މަހްލޫފް އިންކާރު ކުރައްވައިފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވެ، ރިޝްވަތު ހިފިކަމުގެ ދައުވާ ދައުލަތުން އުފުލައިފައިވާ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް، އެ ދައުވާތަކަށް މިއަދު އިންކާރު ކުރައްވައިފިއެވެ.

މިއަދުގެ ޝަރީޢަތުގައި ދައުލަތުން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާ އެކު ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފައި މިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014ވަނަ އަހަރުގެ އޮގަސްޓް 27ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން މަހްލޫފަށް ރިޝްވަތު ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

Advertisement
HDC — Sidebar (box)

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާތަކެއްކޮށް، އެ ދައުވާތައް މިއަދު ދައުލަތުން އިއްވައިފައިވާ އިރު، ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ، ދައުވާތަކުގައި ސާފު ނުވާ ކަންތައްތަކެއް ހުރުމުން، އެކަންތައްތައް ސާފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއާ އެކު ދައުލަތުން ވަނީ ދިފާއުން ސާފުކޮށްދިނުމަށް އެދުނު ކަންތައްތައް ސާފުކޮށްދެއްވައިފައެވެ. އަދި ދައުވާއަށް ޖަވާބުދާރީވަމުން މިނިސްޓަރު މަހްލޫފް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް