Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގައި ޑޭ ކެއަރ ސެންޓަރެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ޑޭ ކެއަރ ސެންޓަރެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޑޭ ކެއަރ ސެންޓަރެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީން ބުނީ ތަރައްގީކުރާ ފަރާތުން ކުއްޔަށް ދޭގޮތަށް ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެހެނިހެން ވިޔަފާރި މޮޑެލްތަކަށް ވެސް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ޑޭ ކެއާ ސެންޓަރު ގާއިމްކުރުމަށް އެޗްޑީސީން ހަމަޖައްސައިފައި ވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސްމަގު-4 އަދި ރަބަރުގަސްމަގު-5އާ ދޭތެރޭ، ބޯގަންވިލާ މަގުގެ ލޮޓް ނަންބަރު 10،949އެވެ.

Advertisement
Ooredoo — Square (box)

ހަތަރު ފަންގިފިލާ ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ޑޭ ކެއަރ ސެންޓަރުގެ އެންމެ ތިރީ ފަންގިފިލާ ނުވަތަ ގްރައުންޑް ފްލޯ ހާއްސަކުރަނީ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެތަނަށް ޒިޔާރަތްކުރާ މީހުންގެ އުޅަނދުތައް ޕާކު ކުރާނެ ޖާގައެއްގެ ގޮތުގައެވެ.

މީގެ އިތުރުން ޑޭ ކެއަރއަށް ކުދިން ލާން އަދި ބަލައިދާން ލޯޑިން/އަންލޯޑިންއަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް