ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ހައު އިޒް ދިޒް ޕޮސިބަލް.. އަ.. އައިޝް..." އޭނާގެ ފޮޓޯއާ ޖެހިގެން ހުރި އަންހެންކުއްޖާގެ ފޮޓޮއަށް ބަލަން އިނދެ ރުހައިމް އަހައިލީ އަމިއްލަ ޟަމީރު ކުރެއެވެ. ހިންދިރުވައިލުމާއެކު އޭގައި ލިޔެފައިވި މައުލޫމާތުތައް ރުހައިމް ކިޔައިލިއެވެ.

Ads by STELCO

"އައިޝަތް މުސްކާން... އައިޝް.." ހިތަށް ވެރިވެގަތް ބަޔާންކުރަން ދަތި ޖަޒުބާތުތަކާއެކު ނުވެސް އެނގި ހުއްޓައި ރުހައިމްގެ ދެލޯ ފުސްވެގެން އައީ ކަރުނުންނެވެ. އޭރުވެސް އެސްފިޔަޖަހައިލުމެއް ނެތި އޭނާ ބަލަހައްޓައިގެން އިނީ މުސްކާންގެ ތަސްވީރަށެވެ. މިއީ ކޮންފަދަ އިއްތިފާގެއް ބާއެވެ؟

"ދިސް ކާންޓް ބީ ޓްރޫ... ކިހިނެއް މިހެން ވާނީ.. މުސްކާން އެންޑް އައިޝް.. އެއީ ހަމަ އެކަކުތަ؟ ނޫން ނޫން... މިއީ އަހަރެންގެ ދެލޮލަށް ފެންނަ ގޮތް ކަންނޭނގެ.. އަނެއްކާ އަހަންނަށް ހުވަފެނެއްގެ ތެރޭތަ މިއުޅެވެނީ.." ބޮލުގައި ހިފަހައްޓައިލަމުން ރުހައިމް އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ. ދެލޮލަށް ފެންނަ މަންޒަރު ގަބޫލުކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ރުހައިމް އިންތަނުން ތެދުވިއެވެ. ހާސްކަން އޭނާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. ކައިވެނީގެ ސެޓްފިކެޓްއަށް ބަލަން ހުރުމަށްފަހު ކޮޓަރީގެ ދޮރާ ދިމާއަށް މިސްރާބު ޖަހަމުން ހަރުއަޑުން ކާއިލްއަށް ގޮވައިލިއެވެ. ކަންބޮޑުވެފައި ރުހައިމް ވިއެވެ. ހާސްވުމުގެ ސަބަބުން ނިތްކުރިމަތީގައި ކުދި ދާތިކިތައް ބަބުޅަންފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭސީގެ ފިނިންވެސް އޭނާގެ ހަށިގަނޑަށް ލިބިފައިވި އުދާސްކަން ފިލާގޮތެއް ނުވިއެވެ. ދެވަނަ ފަހަރަށް ރުހައިމް ގޮވައިލަން ވާއިރަށް ތެޅެމުން ފޮޅެމުންކަހަލަ ގޮތަކަށް ކާއިލް އައިސް އެކޮޓަރިއަށް ވަނެވެ.

"ކިހިނެއްވީ؟ ހައިމް.. ކަމެއް ވީތަ؟" ރުހައިމް ހުރިގޮތްފެނި ކާއިލް އަހައިލިއެވެ. އަތުގައި އޮތް ކައިވެނީގެ ސެޓްފިކެޓްއިން ނަޒަރު ވަކިކޮށްލައި އޭނާ އޭތި ކާއިލްއަށް ފެންނާނެހެން ދައްކައިލިއެވެ. އަދި ކާއިލްގެ މޫނަށް ފަރުވާތެރިވެ ބަލައިލިއެވެ.

"މީ.. މީތަ މުސްކާން އަކީ.." ސީރިއަސް ރާގަކަށް ރުހައިމް އަހައިލިއެވެ. އޭގެއަށް ބަލައިލުމާއެކު ކާއިލްގެ ތުންފަތުގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. ރުހައިމްގެ މޫނުމަތީގައިވި ސީރިއަސްކަން އޭނާއަށް ނުފެންނަ ކަހަލައެވެ.

"ދޮންބެ ގާތު ފޮޓޮއެއް ނުބަލާނަމޭ ކިޔާފަ އެންމެ ފަހުން ކެތްނުވެގެން ސެޓްފިކެޓް ބެލީ ދޯ... ހެހެ.." ލާނެތް ހުނުމަކާއެކު ކާއިލް ދިމާކޮށްލިއެވެ.

"ދޮންބޭ.. އައި އެމް ސީރިއަސް.. ޕްލީޒް.. ބުނެބަލަ.. މީތަ މުސްކާން.. އަހަރެންގެ އަނބިމީހާ.." ކެތްތެރިކަން ކުޑަވެފައި ރުހައިމް ސުވާލުކޮށްލިއެވެ. ރުހައިމްގެ އަޑުގައިވި ހާސްކަން މިފަހަރު ކާއިލްއަށް ފާހަގަވިއެވެ. ވަގުތުން ސަމާސަ ގޮތްގަނޑު ދޫކޮށްލައި އޭނާވެސް ސީރިއަސް ވެލިއެވެ. އަދި ލަސްލަހުން ބޯޖަހައިލަމުން އެއީ މުސްކާން ކަމުގައި ކާއިލް ބުންޏެވެ. އެކަން ރުހައިމްއަށް ޔަގީންކޮށްދިނެވެ. ދެންވެސް އެވާހަކަތައް ގަބޫލުކުރަން އޭނާއަށް ވީ ދަތިކަމަކަށެވެ. ދެފަރާތަށް ބޯހޫރައިލަމުން އެމީހުންގެ ކައިވެނީގެ ފޮޓޯތައް ބަލަން ބޭނުންކަމުގައި ރުހައިން ބުނެލިއެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ސުވާލު އުފެދިފައި ކާއިލް ހުއްޓެވެ.

"ހައިމް.. ރިލެކްސް.. ކިހިނެއްވީތަ؟ މީހާ ތިހައި ހާސްވެގެން ތިއުޅޭ ސަބަބެއް ދޮންބެއަށް ބުނެދީބަލަ.."

"ފަހުން.. އެހަށް އަހަރެން މިއެދޭ ކަންތައް ފުރިހަމަކޮށްދީ.." އާދޭހުގެ ރާގަކަށް ރުހައިމް އެދުނެވެ. ބޯޖަހައިލަމުން އަންނާށޭބުނެ ކާއިލް ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ރުހައިމްވެސް ހިނގައިގަތީ ހިތް އަވަސްވެފައި ހުރެއެވެ. ކޮޓަރިއަށް ވަނުމަށްފަހު ލެޕްޓޮޕް ދަބަހުން ނަގައި ހުޅުވައިލަމުން އޭގައިވި ރުހައިމްގެ ކައިވެނީގެ ފޮޓޯތައްހުރި ފޯލްޑަރއަށް ކާއިލް ކްލިކް ކޮށްލިއެވެ. އަދި ރުހައިމްއަށް ފެންނާނެހެން ލެޕްޓޮޕް އަނބުރައިލިއެވެ. އަވަސް ހަރަކާތަކާއެކު ލެޕްޓޮޕް ކައިރިކޮށްލަމުން އޭގައިހުރި ކޮންމެ ފޮޓޯއެއް ވަކިވަކިން ރުހައިމް ބެލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު އޭނާގެ ގާތުގައި އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. އެހިތުގެ މަލިކާއެވެ. އެންމެ ފުރަތަމަ އެހިތް ފަތަޙަކުރި އަންހެންކުއްޖާއެވެ. އޭނާގެ އަލަތު ލޯތްބެވެ. ދެވަނަ ފަހަރަށްވެސް އޭނާގެ ހިތުން ޖާގަ ހޯދީ ހަމަ އެއްކުއްޖެކެވެ. ލޯބިވެވުނީ އެއްފަރާތެއް ދެކެއެވެ. ކިހައި ބޮޑު އިއްތިފާގެއް ހެއްޔެވެ. ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް ހަގީގަތަކީ އެއީއެވެ. ގެއްލުނުކަމަށް ހީކުރެވުނު "ލޯބި" ވީ އަބަދުވެސް އޭނާއާ އެންމެ ގާތުއެވެ. އެކަން އޭނާއަށް އިހުސާސުނުވީއެވެ. ކަރުނަތައް ދެލޮލަށް ޖަމާވެގަތީ ﷲ ގެ ފުރިހަމަ ރޭއްވެވުން ހިތަށް ފަހުމްވުމުންނެވެ. މުސްކާންގެ ލޯބި މޫނުކޮޅަށް ބަލަން ހުރެފައި ރުހައިމްއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. އެއަންހެންކުއްޖާ ދެކޭހިތުން ހިތް ތެޅިފޮޅިގަތެވެ. އެންމެ ސުކުންތެއްވެސް ކެތްކުރުން ރުހައިމް އަށްވީ ދަތިކަމަކަށެވެ. މުސްކާންގެ ތަސްވީރުގައި އޭނާ ލޯތްބާއެކު ފިރުމައިލިއެވެ. ނަފުސު ހަމައަކަށް އަޅުވައިލަމުން ކާއިލްއަށް އޭނާ ބަލައިލިއެވެ. އޭރުވެސް ރުހައިމް އުޅެމުން ދިތަގޮތް ފެނި ހައިރާންވެފައި ކާއިލް ހުއްޓެވެ. އިސްވެ ރުހައިމް އެއްޗެއް ނުބުނަނީސް ވާހަކަނުދައްކަން އޭނާ ހުރި ކަހަލައެވެ.

"ދޮންބޭ.. ވަރަށް އަވަހަށް ކާރުގެ ތަޅުދަނޑި ދީބަލަ.. ކޮންތަނަކުތަ އަހަރެމެންގެ ހޮސްޕިޓަލް ހުންނަނީ.." ކެތްތެރިކަން ކުޑަވެފައިހުރި ގޮތަކަށް ރުހައިމް އެއްސެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލައިފައިވެސް ކާއިލް ޚިޔާރުކުރީ ހިމޭންކަމެވެ. ކާރުގެ ތަޅުދަނޑި ރުހައިމް އަށް ދިއްކޮށްލުމާއެކު ހޮސްޕިޓަލް ހުރިތަން އޭނާ އޮޅުންފިލުވައި ދިނެވެ. ކާއިލް އަށް ޝުކުރު އަދާކޮށްލުމާއެކު ރުހައިމް ހީވީ ދުއްވައިގަތް ހެނެވެ. އެހައިވެސް އޭނާގެ ހަރަކާތްތައް އަވަހެވެ.

އެކި މަގުތަކުން ކާރު ދުއްވަމުންދިޔައިރު ރުހައިމްގެ ތުންފަތްމަތީގައިވީ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. މާޒީގެ އެކި ދުވަސްތަކުގެ ހަނދާންތައް އެދެލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. އެންމެ ފުރަތަމަ މުސްކާން ފެނުނު ދުވަހުން ފެށިގެން އެންމެ ފަހުގެ ބައްދަލުވުމާ ހަމައަށް ރުހައިމްގެ ސިކުނޑީގައި ހުރިހައި ކަމެއް އެނބުރެމުން ދިޔައެވެ. އަމިއްލަ ނަން ކުރުކޮށްލައިފައި މުސްކާން ބުނިގޮތް ހަނދާންވުމާއެކު ރުހައިމްގެ ތުންފަތް ފޫއަޅުވައިލަމުން މަޑު ހުނުމެއްގެ އަޑު ބޭރުވިއެވެ. "އައިޝް.. މައި ލަވް.. މައި އެވްރިތިންގް.. މިހައި ދުވަސްވީއިރުވެސް އަހަރެން މީ ކާކު ކަމެއް ހަމަ ކުޑަކޮށްވެސް ނޭނގުނުތަ" މަޑުމަޑުން މޭގައި އަތް ހިންގައިލަމުން ރުހައިމް ބުނެލީ ލާނެތް ރާގަކަށެވެ.

* * * * *

ވެލޭ ހޮސްޕިޓަލުގެ ޕާރކިންގް އޭރިއާގައި ކާރު ޕާރކް ކޮށްލުމަށްފަހު، ކާރުން ފައިބަމުން ހަލުވި ފިޔަވަޅު ތަކެއްގައި ރުހައިމް މިސްރާބުޖެހީ އެތެރަށް ވަނުމަށެވެ. ވަށައިގެން ނަޒަރު ހިންގަމުން އައިސް ނަރުހުން ތިބޭ ކައުންޓަރުގެ ކައިރީގައި އޭނާ ހުއްޓުނެވެ. އެވަގުތު އެތަނުގައި އިނީ އެންމެ ނަރުހެކެވެ. އެކުއްޖާ ލައިގެންއިން ދަނބުކުލައިގެ ނަރުސް ޔުނީފޯރމް ފެނި ރުހައިމްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ.

"މުސްކާން އަށް ގޮވާލެވިދާނެތަ؟" އެކުއްޖާއަށް ބަލަންހުރެ ރުހައިމް އަހައިލިއެވެ. ބޯޖަހައިލަމުން މަޑުކޮށްލާށޭބުނެ އެކުއްޖާ މުސްކާންއަށް ގުޅަން އުޅުނެވެ. "މުސްކާން ގާތު ބުނެދީ ވަރަށް މުހިންމު ކަމަކު މީހަކު ބައްދަލުކުރަން އައިސް ހުރި ވާހަކަ.. މިތާ ފަހަތުގަ އޮތް ބަގީޗާއަށް އައިސްދޭށޭ ބުނެލަދީ... އަހަރެން އިންތިޒާރުގަ އެބަ ހުރިން.." އެހެން ބުނެލުމަށްފަހު އިތުރަށް އެކުއްޖާއަށް އެއްޗެއް ނުބުނެވެނީސް އެނބުރި އައިކޮޅަށް ރުހައިމް ހިނގައިގަތެވެ. ސުވާލުއުފެދިފައި އިންފަދަ ގޮތަކަށް އިރުކޮޅަކު އެކުއްޖާ އިނެވެ. ދެން މުސްކާންއަށް ގުޅައިލަމުން ފޯނު ކަންފަތުގައި ޖަހައިލިއެވެ.

"މީހަކު އެބަހުރި ހޯދަން އައިސް.." ފޯނު ނެގުމަށްފަހު މުސްކާން ހަލޯއޭ ބުނެލުމާއެކު އެކުއްޖާ ބުންޏެވެ. އަލަށް އެ ހޮސްޕިޓަލާ ގުޅުނު ނަރުހެއްކަމުން އެމީހަކީ ކާކުކަން ސީދާ ބުނެދޭކަށް އެކުއްޖާއަކަށް ނޭނގުނެވެ. މުސްކާންގެ އެކި ސުވާލުތަކަށް މާ ރަނގަޅަށް ޖަވާބުނުދެވުނީ އެހެންވެއެވެ.

"އޯ ސޮރީ.. ނަން އަހައިލާކަށް ހަނދާނެއްނުވި.." ނިތުގައި މަޑުމަޑުން ޖަހައިލަމުން އެކުއްޖާ ބުނެލީ ކުށްވެރިއަކު ފަދައިންނެވެ. އިރުކޮޅަކު ވާހަކަދެއްކުމަށްފަހު ފޯނު ބާއްވަމުން ވަށައިގެން އޭނާ ލޯހިންގައިލިއެވެ. އެހިސާބުގައި ރުހައިމް ފެންނަން ނެތުމުން ކޮނޑުއަރުވައިލުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ކޮމްޕިއުޓަރގެ ސްކްރީނަށް ދެލޯ އަމާޒުކޮށްލިއެވެ.

އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން ފުންނޭވާއެއް މުސްކާން ދޫކޮށްލިއެވެ. "ހައިމް ކޮބާ ބާ؟ މިއަދު އަދި އެއްފަހަރުވެސް ގުޅާނުލާ.." ފޫހިކަން މުސްކާންގެ މުޅި ނަފުސަށް ވެރިވެފައިވިއެވެ. ޑިއުޓީވެސް ނިމުމާއެކު އޭނާ މިސްރާބުޖެހީ ހޮސްޕިޓަލުގެ ފަހަތުގައި އޮންނަ ބަގީޗާއާ ދިމާއަށެވެ. އާލާ ގުޅައިފައި އޭނާއާ ބައްދަލުކުރަން މީހަކު އައިސްހުރި ވާހަކަ ބުނުމުން މުސްކާން ސުވާލުއުފެދޭގޮތްވިއެވެ.

"ކާކު ކަމެއްވެސް ނޭނގެ.. އަނެއްކާ ބަގީޗާއިން ބައްދަލުކުރަން ބުނީ ކީއްވެބާ..؟ އަރުން ކަންނޭނގެ.. ނޫން.. އަރުންއަށް އެނގޭނެ އަހަރެން ހަތަރެއްޖަހާއިރު ޑިއުޓީ ނިމޭނެކަން.. އެހެންވީމަ އަހަންނާ ބައްދަލުކުރާށޭ ކިޔާފަ މިތަނަކަށް ނާންނާނެ.. ދެން ކާކުބާ.." ޚިޔާލުތަކުގައި ހުރެ މުސްކާން ބަގީޗާ ތެރެއިން ލައިފައި އައެވެ. އެކި ދިމަދިމާއަށް އޭނާ ބަލަމުންދިޔައީ އާލާ އެބުނާ މީހަކު ފެނޭތޯއެވެ. އެއްލި ކަޅިއަކުން ފެންއަރުވާ ވަޑާން ކައިރީގައި އޭނާއަށް ފުރަގަސްދީގެންހުރި ފިރިހެނެއް މުސްކާންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެގެން އައީ ފަހަތުންވެސް އެމީހަކު ދެނެގަންނަން އެނގުމުންނެވެ. ގަބޫލުކުރަން ދަތިވެފައި ދެލޯބޮޑުކޮށްލައިގެން މުސްކާން ބަލަން ހުއްޓެވެ. ބަނޑުން ފެށިގެން މެއާ ހަމައަށް ހީލިކެރުވުމެއްގެ އިހުސާސު އޭނާއަށް ކުރެވުނެވެ. ފިނިވަމުންއައި ދެއަތްތިލަ މުށްކަވައިލުމާއެކު އެދިމާއަށް އަވަސް އަވަހަށް ހިނގައިގަތެވެ. އެމީހަކާއި ދިހަވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓިލަމުން ފަރުވާތެރިކަމާއެކު އެ ފިރިހެންވަންތަ ހަށިގަނޑަށް މުސްކާން ބަލައިލިއެވެ. ތުންފަތް ތުރުތުރު އަޅައިލުމާއެކު ދެލޯ ފުރިގެންއައީ ކުއްލިއަކަށެވެ.

"ހަ.. ހައިމް.." ހިންދިރުވައިލަމުން ތުރުތުރުއަޅަމުންދިޔަ އަޑުން މުސްކާން ގޮވާލިއެވެ. މުސްކާންގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާއަށް ފުރަގަސްދީގެން ހުރި ރުހައިމްއަށް ދެލޯ މަރައި ފިއްތައިލެވުނީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ. ޖީބަށް ޖަހައިލެވިފައިވި ދެއަތް މުށްކަވައިލީ އެއްފަހަރާ ހިތަށް ވެރިވެގަތް އެތައް ހާސް ޖަޒުބާތުތަކެއް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. ލަސްލަހުން މުސްކާންއާ ވީދިމާއަށް ރުހައިމް އެނބުރުނެވެ. އޭނާގެ ތުންފަތުގައިވީ ހިތްގައިމު ހިނިތުންވުމެއްގެ އަސަރެވެ. ކުރިމަތީގައި ހުރި އެ ފުރިހަމަ ސޫރައަށް ހިތްފުރެންދެން ބަލަން ހުރުމަށް އެހިނދު ރުހައިމްގެ ހިތް އެދުނެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ މައުސޫމުކަމުން ފުރިގެންވި ލޯބި ލޯބި މޫނުކޮޅެވެ. ދިގުދިގު އެސްފިޔަތަކުން ހިޔާއެޅިފައިވި ތޫނު ދެލޮލެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތެވެ. މުސްކާންގެ ރީތިކަން އިހުނަށްވުރެ ފުރިހަމަހެން ރުހައިމް އަށް ހީވިއެވެ. މާޒީގެ އެކި ސޮފުހާތައް ދެލޯ ކުރިމަތީގައި ނިއުޅިގެން ދިއުމާއެކު ރުހައިމްގެ ހިނިތުންވުން ފުޅާވެލިއެވެ. އެއްއިރެއްގައި އޭނާގެ ކިބައިން ފިލަން ދުވި ކުއްޖަކު މިހާރު އެހުރީ އޭނާގެ އަނބިމީހާގެ މަގާމުގައެވެ. އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް ހާލަތު ވަނީ ބަދަލުވެފައެވެ. މުސްކާންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ލަސްލަހުން ރުހައިމް ނަޒަރު ހިންގައިލިއެވެ. އެތަންފެނި ލަދުވެތި ގޮތަކަށް މުސްކާން އިސްޖައިލީއެވެ. މުސްކާންގެ އެ ލަދުވެތި އަދާތަކުގެ ސަބަބުން ދުރުގައި ކެތްކުރުން ރުހައިމް އަށްވީ އުނދަގޫ ކަމަކަށެވެ.

"ސޯ ޔޫ އަރ ރިއަލް.. އެއީ އަހަންނަށް ހީވި ގޮތެއް ނޫން.. ތީ ހަގީގަތުގަވެސް އަހަރެންގެ އައިޝްކަން މިހާރު ޔަގީން ވެއްޖެ.." ރުހައިމްގެ ހިތަށް އެހެން އެރުމާއެކު އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ފަހަރަކަށްވުރެ ފަހަރެއް އަޅަމުންދިޔަ ފިޔަވަޅުތައް އަވަސްވަމުންގޮސް ރުހައިމް އަށް ދުއްވައިގަނެވުނީ ކުއްލިއަކަށެވެ. އެއައި ބާރު މިނުގައި އައިސް މުސްކާންގެ ލޫޅާފަތި ހަށިގަނޑުގައި އޭނާއަށް އޮޅުލައި ގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެހަށިގަނޑު އޭނާގެ ގަޔާލައި ފިއްތައިލަމުން ރުހައިމް ދެލޯ މަރައިލީ މުޅި ނަފުސަށް ލިބުނު ހަމަޖެހުމަކުންނެވެ.

"އައި މިސްޑް ޔޫ... އައި މިސްޑް ޔޫ ސޯ މަޗް.." ހިތުގެ އަޑިން ރުހައިމް ބުނެލި ކުޑަ ބަސްކޮޅުގައި ފޮރުވިފައި އެތައް މާނައެއް ވީކަމެއް މުސްކާން ނުދެނަހުއްޓެވެ. ނަފުސަށް ލިބިފައިވި ސިހުން ފިލުމާއެކު މުސްކާން އަށް ރަކި ގޮތަކަށް ހިނިތުންވެވުނެވެ. އަދި މަޑުމަޑުން ދެއަތް އުފުލައިލުމާއެކު ރުހައިމްގެ މެދުހަށީގައި އޭނާ ދެއަތް ވަށައިލިއެވެ. "އައި މިސްޑް ޔޫ ޓޫ.." ކިރިޔާ ރުހައިމް އަށް އިވޭ ވަރަށް މުސްކާން ބުނެލިއެވެ. މުސްކާންގެ ގައިން ދޫކޮށްލުމަށްފަހު އެކުޑަ މޫނުކޮޅުގައި ދެފަރާތުން ހިފަހައްޓައިލަމުން ރުހައިމް ބަލައިލިއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ދެހިތްވެސް ތެޅިގަތީ އެކުއެކީގައެވެ. ކިޔަމުން ދިޔައީ އެއް ރާގެކެވެ. ކަނައަތުގެ ބޮޑުވައި އިނގިލީގެ ނުފުށުން މުސްކާންގެ އޮމާން ކޯތާފަތުގައި ފިރުމައިލުމާއެކު ރުހައިމް ގުދުވެލިއެވެ. އަދި ލުއިލުއިކޮށް މުސްކާންގެ ނިތުގައި ބޮސްދިނެވެ. "ޔޫ ރިއަލީ ވަރ މެންޓް ފޯ މީ.." ރުހައިމްގެ ދުލުން ބޭރުވި އެޖުމުލައިގައި ފޮރުވިފައިވި މާނަ މުސްކާން އަކަށް ނުވިސްނުނެވެ. އެތަން ފެނި ލާނެތް ހުނުމެއް ރުހައިމްގެ އަނގައިން ބޭރުވިއެވެ. މުސްކާންއާ ލޯބިވެތި ސަމާސާއެއް ކޮށްލުމަށް ހިތް އެދުނެވެ. އޭނާ އަކީ ކާކުކަން އެނގޭ ހިނދު މުސްކާންއަށް ވާނީ ކިހިނެއްބާވައޭ ރުހައިމްގެ ހިތަށް އެރިއެވެ.

* * * * *

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...

* * * * *

(ނުނިމޭ)

  1. ނަޝީ

    މާޝާﷲ ވވ ރީިތ މިޕާޓުވެސ ނައު️️️️️️️️️️����️️️️���އަވަސްް ކުރައްޗ އަނެއ ޕާޓް�����

  2. ނަޝީ

    މާޝާﷲ ވވ ރީިތ މިޕާޓުވެސ ނައު️️️️️️️️️️. އަވަސްް ކުރައްޗ އަނެއ ޕާޓް

  3. ވަރައް ރީތި ���