ރަޔަންގެ މައިންބަފައިންނަށް ގެއެއް ހަދިޔާކުރުމަށް މޮރޮކޯގެ ފުޓްބޯޅަ ކުޅުންތެރިއެއް ނިންމައިފި

މި މަހުގެ އެއްވަނަ ދުވަހު ވަޅަކަށް ވެއްޓި ނިޔާވި މޮރޮކޯގެ އުމުރުން ފަސް އަހަރުގެ ރަޔަންގެ މައިންބަފައިންނަށް ގެއެއް ހަދިޔާކުރަން ، އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިއެއް ނިންމައިފިއެވެ.
މުޅި ދުނިޔެ ރޮއްވައިލި ، ރަޔަންގެ ވަކިވެދިޔުމާ ގުޅިގެން އޭނާގެ މައިންބަފައިންނަށް ގެއެއް ދިނުމަށް ނިންމައިފައި ވަނީ ސައުދީ އަރަބިއްޔާގެ އަލްއިއްތިހާދު ކުލަބުގެ ފޯވަޑް، އުމުރުން 31 އަހަރުގެ ޢަބްދުއްރައްޒާޤް ޙަމަދުﷲއެވެ.
މިކަން ހާމަ ކުރަމުން ޢަބްދުއްރައްޒާޤު ބުނެފައި ވަނީ ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރަޔަންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށާއި ހުރިހައި ފަރުނީޗަރަކާއި ހިފާ ގެންގުޅޭ ހުރިހާ ސާމާނަކާ އެކު ފުރިހަމަ ގެއެއް ރަޔަންގެ ޢާއިލާއަށް ދޭނެ ކަމަށެވެ.

ޢަބްދުއްރައްޒާޤް ޙަމަދުﷲ، އޭނާގެ ދީލަތިކަމަށް ގިނަ ބަޔަކު ތަޢުރީފް ކުރޭ
"މިއީ ރަޔަންގެ މައިންބަފައިންނަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯ ، އަހަންނާއި އަހަރެންގެ ޢާއިލާ އަދި މޮރޮކޯގެ ހުރިހައި ރައްޔިތުންނާއި މުސްލިމް އަޚުންނާއި އުޚުތުންގެ ނަމުގައިދޭ ހަދިޔާއެއް ، މި ހަދިޔާ ހުރިހައި މުސްލިމުންގެ ހެޔޮ ޢަމަލުތަކުގައި ލިޔުއްވާށި!" މޮރޮކޯގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޢަބްދުއްރައްޒާޤު ބުނެފައި ވެއެވެ.

ރަޔަން ، ވަޅުގެ އެތެރޭގައި
ރަޔަން ސަލާމަތް ކުރުމަށް މޮރޮކޯއިން ވަނީ ވަރަށް ބޮޑު ރެސްކިޔު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން އެ ކުއްޖާ ވެއްޓުނު ވަޅަކީ ވަރަށް ހިމަ ވަޅަކަށް ވެފައި އެ ވަޅަށް ނުފޭބޭތީ ރަޔަން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، ވަޅުގެ އެއްފަރާތުން ކޮނެގެންނެވެ. އެ މަސައްކަތުގައި ފަސް ބުލްޑޯޒަރު ބޭނުންކޮށްފައި ވެއެވެ. އަދި ރަޔަން ވަޅުގައި އޮތް އިރު އެ ކުއްޖާއަށް އޮކްސިޖަންއާއި ކާނާ ފޯރުކޮށްދީފައި ވެއެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތް ކުރުމަށް ކުރި ހުރިހައި މަސައްކަތެއް ނާކާމިޔާބުވެ އެ ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ވަޅުން ނެގިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ރަޔަން، ވަޅުލަނީ
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ވަނީ އެދެމައިންނަށް ހުރިހާ ޚަރަދާކާއި އެކު ޙައްޖު ދަތުރެއް ދީފަ