Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ފާއިތުވި ދެ އަހަރު، ކަރަންޓު ބިލު ބޮޑުވެގެން ލިބުނު ޝަކުވާތައް މަދު: މުޣުނީ

ފާއިތުވި ދެ އަހަރު، ކަރަންޓު ބިލު ބޮޑުވެގެން ލިބުނު ޝަކުވާތައް މަދު: މުޣުނީ
ހޫނު މޫސުމާ ދިމާކޮށް ސްޓެލްކޯއިން ކުރިއަށް ގެންދާ "ސޭވް އެނަރޖީ ކެމްޕެއިން"ގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް މަދު ކުރެވިއްޖެ އެކުންފުނީގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސްޓެލްކޯގެ މިއަހަރުގެ "ސޭވް އެނަރޖީ ކެމްޕެއިން" ލޯންޗު ކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. މިއީ އެކުންފުނިން ކުރިއަށް ގެންދާ މިފަދަ ހަތަރުވަނަ ޕްރޮގްރާމްއެވެ. މި ކެމްޕެއިންގެ އަމާޒަކީ ރައްޔިތުން ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް އަހުލުވެރި ކުރުވުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަހަރުގެ ކުރީކޮޅާ ދިމާކޮށް މި ކެމްޕެއިން ކުރިއަށް ގެންދަނީ، މިދުވަސްވަރު ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބޭތީއެވެ. މި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ އަހަރުގެ ކުރީކޮޅުގައި އަބަދުވެސް ކަރަންޓު ބިލު ބޮޑުވާކަން ފާހަގަ ކުރެވޭ ކަމަށާއި، ފާއިތުވި 15 އަހަރުގެ ތެރޭގައި ވެސް އެކަން އެގޮތަށް ހިނގައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް މީގެ ކުރިން ވެސް މީޑިއާތައް މެދުވެރިކޮށް އާންމުންނާއި ހިއްސާކޮށްފައިވާއިރު، މިފަހަރު ވެސް އެކަން ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ކަމަށެވެ. ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މިފަދަ ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް އިތުރު ކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މުޣުނީ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ނަތީޖާ ވެސް ވަނީ ފެނިފައެވެ. އެގޮތުން 2020ވަނަ އަހަރާއި 2021ވަނަ އަހަރުގައި، ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބުނު ނިސްބަތް މަދު ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
"މާހައުލު މިހާރު މިވަނީ ކުރިއާ އަޅާބަލާއިރު، ވަރަށް ބޮޑު ތަނުން ބަދަލުވެފައި. ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަޅުގަނޑުމެންގެ ސަރުކާރުން ދެއްވައިފައިވޭ. އަދި ހަމައެއާއެކު ތަފާތު ޕްލެޓްފޯމްތައް މި އޮންނަނީ ލިބިފައި، ކޮންމެ މީހަކަށް ވެސް އެމީހަކަށް އެ ދަތިވާ ކަމެއް އޮވެެއްޖެ ކަމަށްވާ ނަމަ، އެކަންތައް، އާންމު އެހެން ފަރާތްތަކާ ވެސް ހިއްސާކުރުން." މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މާހައުލެއް، ސަރުކާރުން ގާއިމުކޮށްދީފައިވާއިރު، ސްޓެލްކޯއިން ބޭނުން ވަނީ ކަންކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ވީހައި ވެސް ބޮޑަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު، މި މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ ވެރިކަން ބަދަލުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ކުރިން އޮތީ ކަރަންޓު ބޮލު ބޮޑުވުމާއި، ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވުމުން ކުރާ ޝަކުވާތައް ކަމަށެވެ. އެހެން ނަމަވެސް، ގިނަ ކަންކަން ހައްލުކޮށް ސްޓެލްކޯއަށް ގެންނަން ބޭނުންވި ގިނަ ބަދަލުތައް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް