Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިޓަޔާ ކުރާ މުވައްޒަފުން ވެސް ވަޒީފާއަށް ނެރެވޭ ގޮތް ހަދަނީ

ރިޓަޔާ ކުރާ މުވައްޒަފުން ވެސް ވަޒީފާއަށް ނެރެވޭ ގޮތް ހަދަނީ

ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ރިޓަޔާ ކުރުމަށް ފަހު ކޮންޓްރެކްޓް އުސޫލުގެ ދަށުން ތިން އަހަރު ވަންދެން ވަޒީފާއަށް ނެރެވޭނެ ގޮތަށް ގަވައިދު ބަދަލު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޕާލިމެންޓަރީ މުވައްޒަފުންގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ބ)އަށް ގެނައި އިސްލާހާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ފުރަތަމަ ވަނީ ނުރަސްމީކޮށް އެ އިސްލާހާ މެދު މަޝްވަރާކޮށް މެންބަރުންގެ ހިޔާލުތައް އެއްގޮތްކޮށްފައެވެ.

މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީން ގެންނަން ނިންމި އިސްލާހުގައިވާ ގޮތުން 65 އަހަރުވެފައިވާ ޕާލިމެންޓްރީ މުވައްޒަފަކު ރިޓަޔާ ކުރުމަށް ފަހު ކޮންޓްރެކްޓް އުސޫލުން އަލުން ނެގުމުގެ އިހުތިޔާރު އަމީންއާއްމަށް އޮންނާނެ ކަމަށާއި ރިޓަޔާކޮށްފައިވާ މުވައްޒަފަކު ކޮންޓްރެކްޓް އުސޫލުން ނަގާއިރު އެ ކޮންޓްރެކްޓް ހެދޭނީ ކޮންމެ އަހަރަކު ވެސް އައުކުރާ ގޮތަށް ކަމަށެވެ.

Advertisement
Allied Insurance — Square (box)

ޕާލިމަންޓަރީ މުވައްޒަފުންގެ ގަވައިދަށް ކޮމިޓީން ގެނައި އިސްލާހު ފާސްވީ މިއަދު ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް