Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭގައި މަސައްކަތް ކުރާ ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި މަސައްކަތް ކުރާ ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރާ ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައްސަލަ މިއަދު 13:35ހައިއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

"އަނިޔާ ލިބިފައިވަނީ ދިވެހި އަންހެނަކަށް. އޭނަގެ އަތް ވަނީ ކަފައިގެން ގޮސްފައި" ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް