Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭ ބީޗްފްރަންޓްގެ 34 ބިމަށް ބިޑްކުރުން މާދަމާ

ހުޅުމާލޭ ބީޗްފްރަންޓްގެ 34 ބިމަށް ބިޑްކުރުން މާދަމާ

ހުޅުމާލޭ ދެވަނަ ފިޔަވަހި ބީޗް ފްރަންޓުން ވިއްކާ 34 ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މާދަމާ ، ހުޅުވައިލާން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ގޮތުގައި، މި ބިންތަކަށް ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނީ، މާދަމާ ހެނދުނު 9:00އިން 12:00ގެ ނިޔަލަށް، ހ. މީރުމާ، ދެވަނަ ފަންގިފިލާގައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައަޅައިފައި ވަނީ 60 ބިމެވެ. އެގޮތުން އެޗްޑީސީން ވިއްކަން ނިންމައިފައި ވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ބިންތަކެކެވެ.

Advertisement
Allied — Dhen Online (box)

ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލޭ މީހުންނަށް ބިން ދިނުމަށް އިސްކަން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ މި ބިންތަކަށް ބީލަން ހުށަހެޅޭނީ ހަމައެކަނި މާލޭގެ މީހުންނަށް ކަމަށް ކަނޑައަޅައިފައެވެ. އެގޮތުން ބިންތައް ވިއްކާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށެވެ.

ބިންތަކަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުމާއި، މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުމާއި އަދި ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް