Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕާކިސް ސްލޮޓާ ގުޅޭ ޕޯޓަލް މިއަދު ހުޅުވައިލަނީ

ޕާކިސް ސްލޮޓާ ގުޅޭ ޕޯޓަލް މިއަދު ހުޅުވައިލަނީ

މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހަދައިފައިވާ ޕޯޓަލް މިއަދު ހުޅުވައިލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެ ކައުންސިލުން ގާއިމްކޮށްފައިވާ ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، 16 ފެބްރުއަރީ 2022ވީ ބުދަ ދުވަހުގެ ވަގުތެއްގައި ޕާކިންގ ޒޯންތަކަށް ކުރިމަތި ލުމަށް ހުޅުވައިލައިފައިވާ ޕޯޓަލް ވަގުތީގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދު 14:00ގައި ޕާކިންގ ޒޯންތަކަށް ކުރިމަތިލުމަށް ޕޯޓަލް އަލުން ހުޅުވައިލާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ސިޓީ ކައުންސިލުން ވިދާޅުވީ ޕާކިންގ ޒޯންތަކަށް ކުރިމަތި ލުމަށް parking.malecity.gov.mv ލޮގިން ވެގެން ޕާކިން ސްލޮޓަށް އެދެވޭނެ ކަމަށެވެ. އަދި އިއްޔެ ޕޯޓަލް ހުޅުވައިލެވިފައި ވަނިކޮށް ޕާކިންގ ޒޯނަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމައިފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް