ފަރްހާނާއި ޝިބާނީގެ ކައިވެނީގެ ތައްޔާރީތައް ފެށިއްޖެ، ކައިވެނި މިމަހު 21ގައި

ބޮލީވުޑްގެ ކައިވެނިތަކަކީ އަބަދުވެސް ގިނަ މީހުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކައިވެނިތަކެކެވެ.
އެތައް ތަރިންނެއް މިދިޔަ މަހު ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް ވެސް ކައިވެނީގެ ގޮށް އައްސައިފައިވާ އިރު، މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ފަރްހާން އަޚްތަރާއި ޝިބާނީ ޑާންޑެކަރްގެ ކައިވެންޏަށެވެ.
ފަރްހާނާއި ޝިބާނީގެ ކައިވެނީގެ ޚަބަރު، ފަރްހާންގެ ބައްޕަ ޖާވިދު އަޚްތަރު ވެސް ވަނީ ނޫސްތަކަށް ޔަގީން ކޮށްދީފައެވެ.
ބައެއް މީޑިއާތަކުން ބުނާގޮތުގައި، އެ ދެމީހުންގެ ކައިވެނީގެ ހަފްލާތައް ފެށެނީ މިއަދުއެވެ. އެގޮތުން ދެ އާއިލާ ވެސް މިއަދު ކަންޑާލާއަށް މިއަދު ހަވީރު ދާނެ ކަމަށް ބުނެފައިވެއެވެ.
ފަރްހާންއާއި ޝިބާނީގެ ކައިވެނި ރެޖިސްޓްރީ ކުރަނީ މިމަހުގެ 21ވަނަ ދުވަހު ކަމަށާއި އެދުވަހުގެ ހަވީރު ރިސެޕްޝަން ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކޮވިޑާ ގުޅިގެން، މި ދެތަރިންގެ ކައިވެންޏަށް ވެސް ދެވޭނެ މީހުން ވަނީ ލިމިޓު ކޮށްފައިކަމަށް ނޫސްތަކުން ބުނެއެވެ.