Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި

އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެކައުންޓްތައް ފްރީޒްކޮށްފިއެވެ.

އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ، ކްރިސްޓްލައިން މޯލްޑިވްސްއަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ކަނޑައެޅި މުއްދަތުގައި ނުދެއްކުމުންނެވެ. މި މައްސަލައިގައި އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން، ބޯޑް މެންބަރުންގެ ޕާސްޕޯޓްތައް ވެސް ވަނީ ހިފަހައްޓައިފައެވެ.

އެމްއައިޓީޑީސީން ކްރިސްޓްލައިން މޯލްޑިވްސްއަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އެ ކުންފުނިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހައިތަނަށް 30،000 ޑޮލަރު ވަނީ ދައްކައިފައެވެ. ބާކީ ދައްކަން ޖެހެނީ 70،000 ޑޮލަރެވެ.

Advertisement
HDC — Sidebar (box)

އޭގެ ތެރެއިން މިދިޔަ މަހުގެ 15ގެ ކުރިން 9،090 ޑޮލަރު ދައްކަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އެ ގޮތަށް ފައިސާ ދައްކައިފައި ނުވުމުން މި މަހު 10ވަނަ ދުވަހު އަޑު އެހުމެއް ބާއްވައި އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒް ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް