Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް ނިޔާވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ އެމްޑީ ރިލްވާން ޝަރީފް، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ.

ފޮޓޯ: ދިރާގު
ފޮޓޯ: ދިރާގު

ދިރާގުގެ ބޯޑުގެ ޗެއާމަންކަން ކުރިން ކުރެއްވި ރިލްވާން ޝަރީފް ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، އުމުރުން 72 އަހަރުގައެވެ.

ރިލްވާނަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެ މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ރިލްވާން ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ މާލީ ދާއިރާއަށް ގެނައި މުހިންމު އިސްލާހީ ބަދަލުތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ދިރާގުގެ ބޯޑަށް އައްޔަންކުރެއްވި ރިލްވާން އެ ކުންފުނީގެ ޗެއާމަންކަން ފެބްރުއަރީ 2015 އާ ހަމައަށް ކުރެއްވިއެވެ. މީގެ އިތުރުން އޭނާއަކީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.

އޮސްޓްރޭލިއާގެ އާރުއެމްއައިޓީ ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ރިލްވާނަކީ، ރާއްޖޭގެ މާލީ އަދި ކޯޕަރޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް