Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފާއިތުވި މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

ނިމިދިޔަ އޮކްޓޯބަރު މަހު މަސްވެރިން މިފްކޯއަށް ކިރުވި މަހަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފިއެވެ.

ފާއިތުވި މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

ފާއިތުވި އޮކްޓޯބަރު މަހު މަސްވެރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އަށް ކިރުވި މަހުގެ އަގުގެ ގޮތުގައި 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހު 462 ދޯނިން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވެއެވެ. މި އޮޑިފަހަރަށް ކަޅުބިލަމަހުގެ އަގުގެ ގޮތުގައި 30،007،339 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބޮޑުކަންނެލީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 15 ކިލޯއިން މަތީގެ 1.23 ޓަނުގެ މަސް ފަސް ދޯންޏަކުން ކިރުވާފައިވެއެވެ. އެ ދޯނިތަކަށް 30،700 ރުފިޔާ ދޫކޮށްފައިވާއިރު، 10 ކިލޯއާއި 15 ކިލޯއާ ދޭތެރޭގެ ކަންނެލި އެ މަހު ކިރުވާފައެއް ނުވެއެވެ.

މުޅި ޖުމްލަ އޮކްޓޯބަރު މަހު 462 އޮޑިއަކުން 1،356 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހުގެ އަގުގެ ގޮތުގައި ޖުމްލަ 30،038،039 ރުފިޔާ މިފްކޯއިން ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ކިރުވަން ފަށާފައި ވަނީ މިއަހަރުގެ ތެރޭގައެވެ. މީގެއިތުރުން، ކުރިން މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާގެ ބާކީ ފައިސާ ދައްކައި ހަލާސްކޮށް، މިހާރު މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް