Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިލިމާލޭގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ

ވިލިމާލޭގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ

ވިލިމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޚިދުމަތް ލިބޭ އޭޓީއެމް ބަހައްޓާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި އިސްލާމިކްގެ ބޭންކުގެ އިސްވެރިޔެއް ކަމުގައިވާ އަރީފުއްރަހްމާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ އެއް އަވަށެއް ކަމަށްވާ ވިލިމާލެއިން ވެސް، މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ލިބުމަކީ އެ މަނިކުފާނު ވަރަށް އެދިލައްވާ ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ބީއެމްއެލްގެ އިތުރުން، އެހެން ބޭންކުތަކުގެ ހިދުމަތް މާލެއިން ވެސް ލިބެމުންދާ އުސޫލުން، ވިލިމާލެއިން ވެސް ލިބުމަކީ ރައްޔިތުންނަށް ލިބޭނެ ފަސޭހައަކަށް ވާނެތީ، އެ ފުރުސަތު ދިނީ ކަމަށެވެ.

އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ވިލިމާލެއިން ލިބެމުންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް