ދުނިޔެ

ޢާއިލާއިން މާފުދީ މަރުގެ ޙުކުމުން ސަލާމަތްވުމުން ވީ އުފަލުގައި އިރާނުގެ ގައިދީއެއް މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަރަށް ހުކުމްކޮށްފައިވާ އިރާންގެ ޤައިދީއަކަށް މަރުވި މީހާގެ ޢާއިލާއިން މާފުދީ ، ހުކުމުން ސަލާމަތްވުމުން ލިބުނު އުފަލުގައި އޭނާ މަރުވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މަރުގެ ޙުކުމުން ސަލާމަތްވުމުން ލިބުނު އުފަލުގައި މަރުވީ އުމުރުން 55 އަހަރުގެ އަކްބަރު ކިޔާ މީހެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަކްބަރާއި އޭނާގެ ތިން ރައްޓެހިންގެ ބައިވެރިވުމާ އެކު މީހަކު މަރައިލައިފައި ވަނީ މީގެ 18 އަހަރު ކުރީންނެވެ. އެ މައްސަލައިގައި ހަތަރު މީހުން ވެސް ހައްޔަރުކުރިއެވެ. އަދި އޭގެ ތެރެއިން ދާއޫދު ކިޔާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރަށް ހުކުމްކޮށް އޭނާގެ މައްޗަށް ވަނީ އެ ޙުކުމް ތަންފީޒު ވެސް ކޮށްފައެވެ.

އަކްބަރުގެ މައްޗަށް ހުކުމް ތަންފީޒުކުރުމުގެ ކުރީން އާންމު އުސޫލުގެ ދަށުން އިރާންގެ ޑިސްޕިއުޓް ރިޒޮލިޝަން ބޯޑުން ވަނީ މަރައިލެވުނު މީހާގެ އާއިލާއާއި އަކްބަރާ އެކު ހުކުމް ތަންފީޒުކުރުމާ ގުޅޭ ފަހުގެ ވާހަކަތައް ހިއްސާކޮށްފައެވެ. މި ބައްދަލުކުރުމުގައި އަކްބަރުގެ ޞިއްޙީ ހާލަތަށް ރިޢާޔަތް ކުރުމަށް ފަހު ޢާއިލާއިން ނިންމީ އަކްބަރަށް މާފުދޭށެވެ. ނަމަވެސް މިނިވަން ވާން އޭނާއަށް ލިބުނު ފުރުސަތުގައި ހިތަށް ވެރިވި ބޮޑު އުފާވެރިކަމުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!